Advertisement

ފޮޓޯ: ގެޓީ އިމޭޖަސް

04 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ބެލެނިވެރި އެތުލެޓިކޯއާ ދެކޮޅަށް ޖޯ ފެލިކްސް ކާމިޔާބުކުރި ގޯލުން ބާސާ މޮޅުވެ، ތިންވަނައަށް

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-0 ކާމިޔާބުކޮށް، ބާސެލޯނާއިން ލީގުގެ ތިންވަނައަށް ކުރިޔަށް ޖެހިލައިފިއެވެ. މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ، ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި ޕޯޗުގަލްގެ ޖޯ ފެލިކްސްއެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި، އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލެކްގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށްފަހު ބާސެލޯނާގެ ސަޕޯޓަރުންނާއެކީ އުފާ ފާޅުކުރުމަކަށް ޖޯ ފެލިކްސް ފަހަކަށް ނުޖެހުނެވެ

އެތުލެޓިކޯއިން ބާސާގެ ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ކުރީގެ ބާސާގެ ކުޅުންތެރިޔާ މެމްފިސް ޑިޕޭއެވެ. ލިބުނު ހިލޭ ޖެހުމަކުން ޑިޕޭ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު މަތަކުރީ ގޯލު ދަނޑީގެ ވެސް އެހީތެރިކަމާއެކުއެވެ.

ބާސާއަށް ލީޑު ފުޅާ ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ރޮބާޓް ލެވަންޑޯސްކީއަށް މި ފުރުސަތުތަކުގެ ބޭނުން ނުހިފި، ބޭކާރުވިއެވެ.

މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޖޯ ފެލިކްސް ބުނީ، އެތުލެޓިކޯ ކޮޅަށް ކާމިޔާބު ކުރެވުނު ގޯލަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއް ކަމަށާއި، ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރެވުނީ މެޗުގެ އޮއިވަރު އޮތް ގޮތުން ކަމަށެވެ

އެތުލެޓިކޯއާ ދެކޮޅަށް ލިބުނު 3 ޕޮއިންޓާއެކީ ބާސެލޯނާއަށް މިހާރު މިހާރު ވަނީ 15 މެޗުން 34 ޕޮއިންޓު ލިބިފައެވެ. ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި، ދެވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ

އެތުލެޓިކޯ މެޑްރިޑް މިހާރު އޮތީ 14 މެޗުން ލިބުނު 31 ޕޮއިންޓާއެކި ލީގުގެ 4 ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.