Advertisement

25 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އެވަޓަން ސަޕޯޓަރުން މުޒާހަރާކުރުމަށް ތައްޔާރުވަމުން އެބަދޭ

އިންގްލިޝް ޕްރިމިއަލީގުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރާ މެޗުގެ 10 ވަނަ މިނެޓުގައި، ދަނޑުގައި ކުޅި ބަލަން ތިބެގެން މުޒާކުރުމަށް އެވަޓަންގެ ސަޕޯޓަރުންގެ ގްރޫޕެއް ކަމުގައިވާ  “1878” އިން މަސައްކަތް ކުރަމުން އެބަދެއެވެ. މި ގްރޫޕުން ގޮވާލާފައިވަނީ، ލީގުގައި ކޮރަޕްޝަން އުފެދިފައިވާ އިބާރާތްތައް އެ ހަރަކާތުގައި ބޭނުން ކުރުމަށެވެ. 

ލީގުގެ ފައިސާއާ ގުޅޭ ގަވާއިދުތަކަކާ އެވަޓަންއިން ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، އެ ޓީމަށް ލީގުގައި މިހާތަނަށް ލިބިފައިވާ 14 ޕޮއިންޓުން 10 ޕޮއިންޓު އުނިކުރި މައްސަލައިގައި ރުޅިގަދަވެފައި ތިބި ސަޕޯޓަރުންވަނީ މި ހަރަކާތަށް 50 ހާސް ޑޮލަރުގެ ފަންޑެއް އެއްކޮފައެވެ. މި ފަންޑު ބޭނުންކޮށްގެން ފިޔާތޮށި ކުލައިގެ ކާޑުތަކެއް ހަދާ، އެ ކާޑުތަކުގައި “ކޮރަޕްޝަން” ޖެހުމަށްފަހު ސަޕޯޓަރުންނަށް ބެހުމަށް ހަމަޖެހިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އަދަބެއްގެ ގޮތުން އެވަޓަންގެ 10 ޕޮއިންޓު ކަނޑާލާފައިވާއިރު، މި މައްސަލައާ ގުޅިގެން އެވަޓަން އިން ވަނީ މައްސަލަ އަލުން ދިރާސާ ކުރުމަށް ހުށަހަޅާފައެވެ. 

މި އަދަބާ ގުޅިގެން އެވަޓަންގެ ޑައިރެކްޓަރ އޮފް ފުޓްބޯލް، ކެވިން ތެލްވެލް ބުނެފައިވަނީ، އެ ނިންމުން ސައްޙަ ނޫންކަމަށާއި، އެކަމުގެ ސަބަބުން އެވަޓަންއަށް ވަނީ އިތުރު ހަކަތަ ލިބިފައި ކަމަށެވެ. 

އެވަޓަންއަކީ މެދުނުކެނޑި އެންމެ ގިނަ ސީޒަންގައި ވާދަކޮށްފައިވާ ދިގު ތާރީހެއް އޮތް ކްލަބެކެވެ. ނަމަވެސް މި އަދަބާ އެކީ އެ ޓީމު މިހާރު އޮތީ 4 ޕޮއިންޓާއެކު ލީގުގެ 19 ގައެވެ. އެހެންކަމުން މި އަދަބަކީ އެ ޓީމު ރެލިގޭޓް ވެދާނެކަމުގެ ބިރު ވެސް އޮތް އަދަބެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.