Advertisement

އެވަޓަންއާ ދެކޮޅަށް ގަނާޗޯ ޖެހި “އޯވަރ ހެޑް ކިކް”

27 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ގަނާޗޯގެ ރީތި ގޯލުން އައުވީ ރޫނީގެ ހަނދާންތައް

އިންގްލިޝް ޕްރިމިއަރ ލީގުގައި އާދީއްތަދުވަހުގެރޭ އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، ޔުނައިޓެޑްގެ އަލެހާންޑްރޯ ގަނާޗޯ ޖެހި ރީތި “އޯވަރ ހެޑް” ގޯލުން ހަނދާން އައުކޮށްދިނީ، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޔުނައިޓެޑްގެ ކުރީގެ ތަރި ވޭން ރޫނީ 2011 ވަނަ އަހަރު ކާމިޔާބުކުރި “އޯވަރ ހެޑް” ގޯލުގެ ހަނދާންތަކެވެ.  

މެންޗެސްޓާ ސިޓީއާ ދެކޮޅަށް 2018 ގައި ވޭން ރޫނީ ކާމިޔާބުކުރި ގޯލު

އުމުރުން 19 އަހަރުގެ ގަނާޗޯގެ މި ރީތި ގޯލު ފެނިގެން ދިޔައީ މެޗުގެ 3 ވަނަ މިނެޓުގައެވެ. އެއީ ކަނާތް ފަޅިން އެވަޓަންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޑިއެގޯ ޑަލޮޓް ނެގި ހުރަހެއް، ގަނާޗޯގެ ބޯ މަތިން ފަހަތަށް ވެއްޓެން ދަނިކޮށް، އޭނާ އެނބުރެލުމަށްފަހު ގޯލުގެ 15 ޔާޑު ދުރުން ޖެހި “އޯވަރ ހެޑް ކިކް” ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ރޫނީގެ ގޯލަކީ ވެސް ހަމަ ކަނާތް ފަރާތުން ކުރި ހުރަހަކަށް ކާމިޔާބުކުރި ގޯލެކެވެ.

ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދާގޮތުން، ގަނާޗޯގެ މި ގޯލަކީ ޔުނައިޓެޑްގެ ދެ ލެޖެންޑުން ކަމުގައިވާ ރޮނާލްޑޯ އަދި ރޫނީ ޖަހާފައިވާ އެންމެންގެ މެދުގައި މަގުބޫލު “އޯވަރ ހެޑް” ގޯލުތަކަށް ވުރެން ހިތްގައިމު ގޯލެކެވެ. ރޮނާލްޑޯގެ މޮޅު “އޯވަރ ހެޑް” ގޯލު ފެނިގެން ދިޔައީ އޭނާ ރިއާލް މެޑްރިޑަށް ބަދަލުވިފަހުން، 2018 ވަނަ އަހަރު ޖުވެންޓަސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ކުޅުނު ފުރަތަމަ ލެގުގައެވެ. 

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލު

ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން ބުނަމުންދާ ގޮތުން، މި ސީޒަންގެ އެންމެ މޮޅު ގޯލަކަށް ހޮވޭނީ ވެސް ގަނާޗޯގެ ގޯލެވެ. ސްކައި ސްޕޯޓްސްގެ ކޮމެންޓަރީ މޭޒުގައި އިން ޔުނައިޓެޑްގެ ލެޖެންޑު، ގެރީ ނެވިލްއަށްވެސް ގޯލު ފެނުމާއެކީ ބޭނުން ކުރެވުނީ އެފަދަ އިބާރާތެކެވެ. ގެރީ ނެވިލް ބުނީ އެއީ މިހާތަނަށް އޭނާއަށް ފެނުނު އެންމެ ރީތި “އޯވަރ ހެޑް” ގޯލު ކަމަށެވެ.

މި މެޗުގައި އެވަޓަންގެ މައްޗަށް 3-0 އިން ކުރި ހޯދައި، ޔުނައިޓެޑް މިހާރު އޮތީ 24 ޕޮއިންޓާއެކީ ލީގުގެ ހަވަނައިގައެވެ. އަދި ޕްރިމިއަރ ލީގުގެ ފައިސާއާ ގުޅޭ ގަވާއިދުތަކަކާ އެވަޓަންއިން ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، އެ ޓީމަށް ލީގުގައި މިހާތަނަށް ލިބިފައިވާ 14 ޕޮއިންޓުން 10 ޕޮއިންޓު އުނިކޮށްފައިވުމުން، އެ ޓީމު އޮތީ 4 ޕޮއިންޓާއެކު ލީގުގެ 19 ވަނައިގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.