Advertisement

ގޯލު ޖެހުމަށްފަހު ކައި ހަވަޓްސް، ފޮޓޯ: ޕްރިމިއަރ ލީގު

26 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ކައި ހަވަޓްސް ބެންޗުން އަރާ ޖެހި ގޯލުން އާސެނަލް ލީގުގެ އެއްވަނައަށް

އިންގްލިޝް ޕްރިމިއަރ ލީގުގެ އެއްވަނައަށް އެރުމަށް ޓީމުތަކުން ކޯޅުން ބޮޑުވެފައި ވަނިކޮށް، މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗު އެއްވަރުވުމުގެ ފައިދާ ނަގައި، އާސެނަލް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބްރެންޓްފޯޑާ ރަށުން ބޭރުގައި ބައްދަލުކުރި މި މެޗު އާސެނަލް ކާމިޔާބުކުރީ 1-0 އިންނެވެ.

މި މެޗަށް ނިކުތްއިރު ބްރެންޓްފޯޑަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އިންޓަނޭޝަނަލް ބްރޭކްގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވެފައިވުމެވެ. އެގޮތުން މަތިއަސް ޖެންސެން، މެޑްސް ރޮއާސްލެވް އަދި ނަތަން ކޮލިންސްއަށް މި މެޗު ނުކުޅެވުނެވެ

އޭގެ ބަދަލުގައި، ކުޅުމާ ދުރުގައި ތިބި އާސެނަލްގެ ބައެއް މުހިންމު ކުޅުންތެރިންވަނީ އަނިޔާ ރަނގަޅުވެ ކުޅެންފަށާފައެވެ. އޭގެ ތެރޭގައި އެމީހުންގެ މުހިންމު މިޑްފިލްޑަރ މާޓިން އޮޑެގާޑް އަދި ސްޓްރައިކަރ ގެބްރިއަލް ޖީސުސް ހިމެނެއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު އާރޮން ރަމްސްޑޭލްވަނީ އާސެނަލްގެ ގޯލު ބަލަހައްޓަން ނިކުމެފައެވެ. އެއީ، ބްރެންޓްފޯޑާ ދެކޮޅަށް ޑޭވިޑް ރާޔާއަށް ނުކުޅެވޭނެތީއެވެ. ބްރެންޓްފޯޑްއިން އާސެނަލްއަށް ރަޔާ ދޫކުރިއިރު، އެ ޓީމާ ދެކޮޅަށް ރާޔާއަށް ނުކުޅެވޭނެކަމަށްބުނާ މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

އާސެނަލްއަށް ގޯލު ކާމިޔާބުކޮށްދިން ކައި ހަވަޓްސް ކުޅެން ނިކުތީ ގެބްރިއަލް މާޓިނެލީގެ ބަދަލުގައި މެޗުގެ 79 ވަނަ މިނެޓުގައެވެ. އަދި އޭގެ 10 މިނެޓުފަހުން، މެޗުގެ 89 ވަނަ މިނެޓުގައި އާސެނަލް މޮޅުކޮށްދިން ގޯލު އޭނާ ކާމިޔާބުކޮށްދިނެވެ.

މި ނަތީޖާއާއެކީ، 13 މެޗުން ލިބުނު 30 ޕޮއިންޓާއެކީ އާސެނަލް އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް 28 ޕޮއިންޓު ލިބިފައިވީނަމަވެސް، މިރޭ އެސްޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗު ޓޮޓެންހަމްއިން ކާމިޔާބުކޮށްފިނަމަ، އެ ޓީމު ތިން ވަނައަށް އަރާނެއެވެ. އަދި އެސްޓަންވިލާ މޮޅުވެއްޖެނަމަ، އެސްޓަންވިލާ އާއި ލިވަޕޫލް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.