Advertisement

ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

25 Nov 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެތުލީޓުންނާ ގުޅުންހުރި ކަންކަން ޙިއްސާކުރުމަށް ޙާއްސަ ފޯރަމެއް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެތުލީޓްސް ކޮމިޝަނުން އިސްނަގައިގެން، އެތުލީޓުންނަށް ހާއްސަ ފޯރަމެއް ފަށައިފިއެވެ. މި ފޯރަމަކީ، ރާއްޖޭގެ އެތުލީޓުންނަށް ހުރި ފުރުސަތުތަކާއި، އެތުލީޓުންނާއި ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، އެތުލީޓުންގެ ހިޔާލު ހޯދުމަށް ކުރިޔަށް ގެންދާ ފޯރަމެކެވެ. އެގޮތުން މި ޕޯރަމްގައި، އެމްއޯސީގައި ރެޖިސްޓަރކޮށްފައިވާ 17 އެސޯސިއޭޝަނަކުން އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް ފަށާފައިވަނީ ހުކުރު ދުވަހުއެވެ. މި ފޯރަމް ފެށުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ

ފޯރަމްގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވާހަކަފުޅު ދައްކަވަނީ

ފޯރަމްގެ ފުރަތަމަ ދުވަހުގެ ޙާއްސަ ހަރަކާތެއްގެ ގޮތުން، އެތުލީޓުންނަށް ފުރުސަތު ލިބުނީ ކުޅިވަރާ ބެހޭ ވަޒީރާއި ސުވާލުކޮށް ކަންތައްތައް އޮޅުންފިލުވުމުގެ ފުރުސަތެކެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ސެޝަންގައި، އެތުލީޓުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ސެޝަންއަކާއި، ކުޅިވަރުން ރިޓަޔާ ކުރުމަށްފަހު އެތުލީޓުން ކެރިއަރ ބިނާ ކުރާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ބަދަލު ކުރެވުނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.