ޚަބަރު
ޚަބަރު
21 Aug 2023

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އަދި އެހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފުޅާ ކުރެއްވުމުގެ ގޮތުން އެހޮސްޕިޓަލްގައި މިސަރުކާރުން ބިނާކުރި އައު ޢިމާރާތް ރައީ ސުލްޖުމްހޫރިއްޔާާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މިއަދު މާޅޮސް މަޑުލުގެ ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރުފަހު، އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ، އެހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރެވުނު ޢިމާރާތެކެވެ. މިޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ. ބ.އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޚަބަރު
21 Aug 2023
ޚަބަރު
މިއަދު ބޭނުންވަނީ ޤައުމު ދެކެ ލޯބިވާ، ޤައުމުގެ މައްސަލަތައް ހައްލުކޮށްދެވޭނެ މީހެއް - ޑރ ވަހީދު
ވަހީދު ވިދާޅުވެފައިވަނީ އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ހުންނެވި މަދު ދުވަސްކޮޅުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މިހާރުގެ ހާލަތު ބަދަލުކޮށްލުމަށް އެންމެ އެކަށީގެންވަނީ ކާކުކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެ ބޭފުޅަކީ ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހިމްކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.
21 Aug 2023
ޚަބަރު
އައްޝައިޚް އުޘްމާން ޢަބުދުﷲ އަވަހާރަވެއްޖެ
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަދި، ދީނީ ވަޢުޡުވިދާޅުވުމާއި ނަސޭޙަތްދެއްވުމުގައި ގިނަ ދުވަސްތަކަކު މަސައްކަތްކުރައްވާފައިވާ، މާފަންނު ރިހާބު، ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ޢުމްރީ އަވަހާރަވެއްޖެއެވެ. އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ރާއްޖޭގެ މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމަނިކުފާނު އަވަހާރަވީ ރޭގެ ފަތިސްނަމާދު ވަގުތުގައި ގެކޮޅުގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 85 އަހަރެވެ.
21 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފި
ރިޔާސީ އިންތިހާބު 2023 ގައި، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާ 5 ގައުމުގައި، އެ ގައުމެއްގެ ގަޑިން ވޯޓުލުން ފަށާގަޑި އާއި، ވޯޓުލުން ނިންމާ ގަޑިތައް އީސީ އިން ޢާންމުކޮށްފިއެވެ. ރާއްޖެއިން ބޭރުގެ ފަސް ޤައުމެއްގައި ވޯޓުފޮށިތައް ބަހައްޓާއިރު، އެޤައުމުތަކާއި ރާއްޖޭގެ ގަޑިއާ ބޮޑު ފަރަޤެއް ހުރެއެވެ. މިގޮތުން އެންމެ ބޮޑު ފަރަޤެއް ހުންނާނީ ރާއްޖެއާ އިނގިރޭސި ވިލާތާއި ދެމެދުގައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 4 ގަޑިއިރު ލަސްވާނެއެވެ. ޓްރެވިންޑްރަމްއާ ކޮލަމްބޯގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 30 މިނިޓް އަވަސްވާނެއެވެ. އަބޫދާބީގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ އެއްގަޑިއިރު ލަސްވާނެއެވެ. ކުއާލަލަމްޕޫރުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 2 ގަޑިއިރު އަވަސް ވާނެއެވެ.
20 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް ފަށައިފި
ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް އާދީއްތަ ދުވަހު ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މާލޭސިޓީ ފިޔަވައި، އެހެން ސިޓީތަކާއި، ހުރިހާ އަތޮޅެއްގެ، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާފައިވާކަމަށެވެ.
20 Aug 2023
ޚަބަރު
ކިރިގިސްތާނަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭންފަށައިފި
ކިރިގިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.
20 Aug 2023
ޚަބަރު
ކެނޑިޑޭޓުންގެ ސަލާމަތައް ނުރައްކާވާ ކަމެއް ނުކުރޭ، އެއީ ކުށެއް: އީސީ
ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
20 Aug 2023
ޚަބަރު
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ނޮވެމްބަރ 5 ގެ ކުރިން ރަޖިސްޓްރީ ހަވާލުކުރުމަށް މަސައްކަތް ކުރަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެންމެންނަށް މަސައްކަތް ކުރަމުންދަނީ ނޮވެމްބަރ 5 ގެ ކުރިން ގޯތި އަދި ރަޖިސްޓްރީ ހަވާލުކުރުމަށްކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
20 Aug 2023
ޚަބަރު
ފައިނަލް ލިސްޓުގައި 282،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭ
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފިއެވެ.
19 Aug 2023
ޚަބަރު
ކެމްޕޭނަށް ހުރަސް އެޅުމާއި އަނިޔާވެރިވުން ބަލައި ނުގަނެވޭނެ ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވެއްޖެ
މިނިސްޓަރ އިމްރާން ވިދާޅުވީ، ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލައްވާ ކަމަށެވެ.
19 Aug 2023
ޚަބަރު
ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި
ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. 700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާޅޮހަށް ސާފު ފެން ލިބުމުގެ ދަތިކަމަކީ އެރަށު ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައެވެ. ފެނުގައި ހުރި މައްސަލަތަކުގެ ސަބަބުން ފަތުރުވެރިންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް އެކައުންސިލުން ބުނެއެވެ.
19 Aug 2023
ޚަބަރު
"ޓީ ވިތް އިބޫ"ގެ ނަމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ޙާއްސަ ހަރަކާތެއް
"އުފާވެރި އަންހެނުން" (ޓީ ވިތް އިބޫ)ގެ ނަމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ޙާއްސަ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި އަންހެނުންނަށް ހޯދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރުމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
18 Aug 2023
ޚަބަރު
އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފި
އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ފަށައިފިއެވެ.
18 Aug 2023
ޚަބަރު
ހުޅުމާލޭގައި އާންމުންގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތައް ބަދަލުކޮށްފި
ހުޅުމާލޭގައި އާއްމުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް ޢިމާރާތް ކުރެވޭގޮތަށް އާރބަންކޯއިން ޤަވާއިދަށް ބަދަލު ގެނެސްފިއެވެ. އިމާރަތް ކުރުމުގެ ޤަވާއިދަށް ގެނައި ބަދަލާއެކު، ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ގެތައް 10 ފަންގިފިލާއަށް ނުވަތަ 31 މީޓަރަށް ޢިމާރާތް ކުރެވޭނެކަމަށް އާރބަންކޯއިން ބުނެއެވެ.
18 Aug 2023
ޚަބަރު
އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްޤީކުރުން އެމްޓީސީސީއަށް
ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. އިހަވަންދޫ މަސްގަންނަ ފެސިލިޓީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
18 Aug 2023
ޚަބަރު
އައްޑޫ ސިޓީން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި
އައްޑޫ ސިޓީން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ.
18 Aug 2023
ޚަބަރު
ދިވެހިރާއްޖޭ އާއި މޮންގޯލިއާއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފި
ދިވެހިރާއްޖޭ އާއި މޮންގޯލިއާއާއި، ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. އަދި މޮންގޯލިއާ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.