Advertisement

ފޮޓޯ: އެމްޓީސީސީ

18 Aug 2023
ޚަބަރު

އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްޤީކުރުން އެމްޓީސީސީއަށް

ހއ. އިހަވަންދޫ މަސްކިރާ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

އިހަވަންދޫ މަސްގަންނަ ފެސިލިޓީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތް ހަވާޅުކޮށްފައިވަނީ 60.2 މިލިއަން ރުފިޔާއަށެވެ.

މަސްކިރާ ބަނދަރު މަޝްރޫޢުގެ މަސައްކަތް ނިމުމުން މަސްވެރިންނަށް ފަސޭހަލިބޭނެއެވެ. އެގޮތުން މަސްކިރަން މާލެ ނުވަތަ ފެލިވަރަށް ދާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. އަދި އެ ދަތުރުގެ ޚަރަދުވެސްކުޑަވެގެންދާނެކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެތެރެއިން 24 މީޓަރުގެ ރިވެޓްމަންޓް ޖަހައި 129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖަހާނެއެވެ އަދި 6މީޓަރުގެ އެލް ބްލޮކް ކީވޯލް ޖެހުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް ހެދުމާއި، ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ހެދުމަށްވެސް މަޝްރޫޢުގައި ހިމެނެއެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ ހއ. އިހަވަންދޫ ރައްޔިތުން އާމްދަނީ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ދެ ސިނާއަތަކީ މަސްވެރިކަމާއި އޮޑިފަހަރު ބަނދެ އެހެލުމެވެ. އެގޮތުން އެ ރަށުގައި މިހާރުވެސް މަހަށްދާ15 ދޯންޏާއ،ި އޮޑިފަހަރު އެހެލާ ބަނުމަށް ހަދާފައިވާ 27 ހަރުގެ ހުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.