Advertisement

ފޮޓޯ: އެމްޑަބްލިއުއެސްސީ

19 Aug 2023
ޚަބަރު

ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި

ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާޅޮހަށް ސާފު ފެން ލިބުމުގެ ދަތިކަމަކީ އެރަށު ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައެވެ. ފެނުގައި ހުރި މައްސަލަތަކުގެ ސަބަބުން ފަތުރުވެރިންގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް އެކައުންސިލުން ބުނެއެވެ.

މާޅޮހުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެޔަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގީ ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދެއްވާނެ ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މާޅޮހުގައި ފެން ރައްކާކުރުމަށް 310 އަކަމީޓަރުގެ 2 ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަމީޓަރުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ. އަދި ޕަންޕް ސްޓޭޝަނަކާއި، 144 ސްވަރޭޖް މެއިން ހޯލް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ވަނީ ޤާއިމުކޮށްފައެވެ.މި

މާޅޮހުގައި އަލަށް ގާއިމްކުރި ފެނުގެ ނިޒާމާއެކު އެރަށުގެ ރައްޔިތުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. މިއީ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށްވެސް ހުޅުވިގެންދިޔަ މަގެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
13 Jan 2025
ޚަބަރު
ވަގު ފޯމެއް ހުށައަޅައިގެން މެމްބަރު ޒިޔާދު ޕީއެންސީއަށް ވެއްދި މައްސަލަ ބަލަން ގޮވާލައިފި
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ، ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ، އެ މައްސަލަތައް ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
13 Jan 2025
ޚަބަރު
އެސްއީޒެޑްގެ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
އެގޮތުން، އެސްއީޒެޑްގައި ހިންގިދާނޭ އިޤްތިޞާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކެވެ.ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ.
13 Jan 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ އެސްްޓޯނިއާއަށް ފުރާވަޑައިގެންފި
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މާލެއިން ފުރާވަޑައިގެންނެވީ ރޭގައެވެ. ޖަނަވަރީ މަހުގެ 13 އިން 16 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަ ކުރައްވާފައެވެ.
12 Jan 2025
ޚަބަރު
ރައީސް މާދަމާ އެސްޓޯނިއަށް ވަޑައިގަންނަވަނީ
މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.