Advertisement

ރައީސުލްޖުމްހޫރިއްޔާ ބ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުން ---

21 Aug 2023
ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އަދި އެހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފުޅާ ކުރެއްވުމުގެ ގޮތުން އެހޮސްޕިޓަލްގައި މިސަރުކާރުން ބިނާކުރި އައު ޢިމާރާތް ރައީ ސުލްޖުމްހޫރިއްޔާާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މިއަދު މާޅޮސް މަޑުލުގެ ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރުފަހު، އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ބ.އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އެޢިމާރާތް ބައްލަވާލައްވައި، ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ، އެހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރެވުނު ޢިމާރާތެކެވެ. މިޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ. ބ.އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން 12 ހޮސްޕިޓަލެއް މުޅިން އަލަށް ޢިމާރާތްކުރެއްވުމަށް ނިންމަވައި އެމަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.