ޚަބަރު
16 Aug 2023
ޚަބަރު
ބޭންކް އޮފް މޯލްޑިވްސްގެ ބޮޑު އެހީތެރިކަމަކާއިއެކު އައިޖީއެމްއެޗްގައި ތަރައްޤިކުރި އޮންކޮލޮޖީ ވޯޑު ހުޅުވައިފި
އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ތަރައްޤީކޮށްފައި ވަނީ، ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން އެހޮސްޕިޓަލަށް ފޯރުކޮށްދިން މާލީ އެހީގެ އިތުރުން ހޮސްޕިޓަލުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުން ފިލުއްވެވިއެވެ.
16 Aug 2023
ޚަބަރު
ރައީސް މަތިވެރީ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފި
މަތިވެރީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ ގޭގެއަށް ފެނުގެ ކަނެކްޝަންތައް ގުޅައިދީފައެވެ.
16 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް އަރިއަތޮޅަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ޕާޓީތައް ކަމުގައިވާ އަދާލަތު ޕާޓިއާ އެމްޑިއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫއަށެވެ. އޭގެ ފަހުން، ރަސްދޫ، ބޮޑުފޮޅުދޫއަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ، ބޮޑުފުޅުދޫގައި ސަރުކާރުން އަޅާފައިވާ ފުޓުބޯޅަ ދަނޑާއި، ވޮލީކޯޓް ހުޅުއްވައި ދެއްވާފައެވެ.
16 Aug 2023
ވިޔަފާރި
މޯލްޑިވިއަނުން ބެންގަލޫރަށް ދަތުރު ފަށަނީ
މޯލްޑިވިއަނުން މުޅިން އަލަށް އިންޑިއާގެ ބެންގަލޫރަށް ދަތުރު ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބެންގަލޫރަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުކަމަށެވެ.
16 Aug 2023
ޚަބަރު
ހުއްދަނެތް ކުންފުނިތަކުން މީހުން އުމަރާއަށް ގެންދާނަމަ ފިޔަވަޅު އަޅާނެ: އިސްލާމިކް މިނިސްޓްރީ
ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ކުންފުނިތަކުން ޢުމްރައަށް މީހުން ގެންދާނަމަ ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
16 Aug 2023
ޚަބަރު
ލ. މާވަށުގައި އައިސްޕްލާންޓަކާއި ކޯލްޓް ސްޓޯރޭޖެއް ޤާއިމްކުރުމަށް ފެނަކައާއި ހަވާލުކޮށްފި
ލ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
15 Aug 2023
ޚަބަރު
ވޯޓުފޮށީގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮށީގައި އެއްވެސް މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.
15 Aug 2023
ޚަބަރު
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތިލިބޭ ސަރަހައްދުގެ ގުރު ނަގަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ފަށައިފިއެވެ. ގުރުއަތުލުން ފަށާފައިވަނީ މިއަދު ގަލޮޅު ދަނޑުގައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންކަމަށެވެ. ދާއިމީ ލިސްޓް އިޢުލާން ކުރިއިރު، އެމީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފައެވެ.
15 Aug 2023
ޚަބަރު
ކުރިއަށްއޮތް 3 ދުވަހު އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ ބައެއް ރަށްރަށަށް ކުރިއަށްއޮތް 3 ދުވަހު އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
15 Aug 2023
ޚަބަރު
ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށް ކްލިއަރ ކުރުން ލަސްވާ މުދާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް އެމްޕީއެލްއިން ޤާއިމްކޮށްފި
ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ހަދައިފިއެވެ.
14 Aug 2023
ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް މާދަމާ ގުރުއަތުނަގަން ފަށަނީ
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފައިވާ ގޮތުގައި، ދާއިމީ ލިސްޓްގައި "ފުރަތަމަބުރުގައި ގޯތި ލިބޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަނީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން މިވަގުތު ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމުން ގޯތި ލިބޭ ފަރާތްތަކެވެ. އަދި ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައިވާ ފަރާތްތަކަކީ ގޯތި ދޫކުރުމަށް އިތުރަށް ލިބޭ ބިމުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކެވެ.
14 Aug 2023
ޚަބަރު
މިލަދުންމަޑުލަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގެންފައި ވަނީ މިއަދުގެ މެންދުރު ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ، ނ އަތޮޅަށް ކުރެއްވި މިކެމްޕޭންދަތުރުގައި ވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާއި އެކު ބަނދަރު ބައްދަލުވުންތައް ބާއްވަވާފައި ވާއިރު، އެމްޑީޕިއާ އެމްޑީއޭގެ ކެމްޕޭން ޖަހަތައް ހުޅުއްވައިދެއްވާފައިވެއެވެ.
14 Aug 2023
ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް
ފަތުރުވެރިކަމުގެ ދާއިރާއަށް ސްކޫލްކުދިން ޝައުގުވެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާޒުކޮށެވެ.
13 Aug 2023
ޚަބަރު
ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލްއެއް އަޅައިފި
ރާއްޖެގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލެއް އަޅައިފިއެވެ. މި އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ފެންވަރަށް ޤާއިމްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫޕްކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެކެވެ.
13 Aug 2023
ޚަބަރު
"އައު ޒުވާނުންގެ ޖީލު" އާއިއެކު ރައީސް އިބޫ ޒުވާނުން ހެއްވާލައިފި!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއްގައި ޒުވާނުންނަށް ހާއްސަކޮށް ގެންގުޅުއްވާނެ ސިޔާސަތުތައް ރޭ އާންމުކޮށްފިއެވެ. މިއީ ފާއިތުވި ފަސް އަހަރު ކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް، އިތުރަށް ކަންތައްތައް ފުރިހަމަކުރުމަށް ޒުވާނުންގެ ބައިވެރިވުމާ އެކު އެކުލަވާލި ސިޔާސަތުތަކެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
13 Aug 2023
ޚަބަރު
މީހުން މަދުވެގެން ބާތިލްކުރި ފޮށިތަކުގެ މީހުންނަށް ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވީ މީހުން މަދުވުން، ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އަލުން ރަޖިސްޓްރީވުމަށް ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.