Advertisement

ބިންހިއްކަން ކަނޑައަޅާފައިވާ ހުޅުމާލޭގެ ފަޅުގެ ސަރަޙައްދު

17 Aug 2023
ޚަބަރު

ހުޅުމާލޭގެ ބިންހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގައިިިފި

ހުޅުމާލޭގެ ބިންހިއްކައި ބޮޑު ކުރުމަށްޓަކައި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަން ކަނދައަޅާފައިވާ ސަރަޙައްދުގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ވަނީ، ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިޔަށް ގޮސްފައިވާ އުޅަނދުތައް ނެގުމަށް މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެކުންފުނިން ބުނީ، އެއުޅަނދުތަކުގެ ވެރިފަރާތްތަކުން، 1516 ހޮޓްލައިނަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހުގައި އުޅަނދުތައް ފަޅުތެރެއިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެދޭ ކަމަށެވެ.

އެކޯޕަރޭޝަނުން ބުނީ ކަނޑައެޅިގައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ، އެކަމަށް އޮންނަ އުސޫލުގެ ދަށުން އެ އުޅަނދުތަކާއި މެދު ޢަމަލު ކުރެވޭނެ ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގެ، ފަރުކޮޅުފުއްޓާއި ދިމާއިން ހުޅަނގަށް އޮތް ފަޅުގެ ސަރަހައްދު ހިއްކައި ބިންވެރިޔާ ސްކީމްގެ ދަށުން އެސަރަހައްދުން މާލޭގެ އާއްމު ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.