ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް މުއިއްޒުގެ ވެރިކަމެއްގައި ގެދޮރު އެޅޭނެކަމަށް ބުނާއިރު, ތާރީޙު މިކަމާއި އިދިކޮޅު
ބިމުގެ ދަތިކަމުގެ ވާހަކައާއި, އަބުރުވެރި އާއިލާއެއް ބިނާކުރުމަށް އެކަށޭނަ ބޯހިޔާވަހިކަމެއްގެ ވާހަކައަކީ މިހާރު އަހަރެމެންނަށް އައު ވާހަކައެއް ނޫނެވެ. އާބާދި ބޮޑު ރަށްރަށުގައި މި ވާހަކަތައް ދައްކަން ފަށާފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. އަދި ވެރިކަން ކުރާ މާލޭގައި ބޯހިޔާވަހިކަމަކީ އެތައް މާނައެއްގައި ތަކުލީފަކަށް މިވަނީ ވެފައެވެ.