Advertisement

04 Sep 2023
ޚަބަރު

ގޯތި ދިނުމަށް ހުޅުމާލެއަށް އިތުރުކުރާ ބިން ހިއްކުން މި ހަފްތާގައި ފަށަނީ

މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލޭ ފަޅު ހިއްކާނެ ގޮތް ދައްކާލައި މި ހަފްތާގައި ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އާބަންކޯއިން ބުނެފި އެވެ. އެއާ އެކު، އާބަންކޯ އިން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރު އެ ތަނުން ބޭރުގައި އެޅުމަށް އެ ކުންފުނިން ވަނީ އަނެއްކާވެސް އަންގާފަ އެވެ.

އާރބަންކޯއިން ބުނީ އެ މަސައްކަތް ކުރިއަށްގެންދަނީ ތިންބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަސައްކަތް ފަށާނީ ސައިޓް-އޭ ގައި ހިމެނޭ 10 ހެކްޓަރު ހިއްކުމުގެ މަސައްކަތް ކަމަށެވެ. ފުރަތަމަ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވަނީވެސް އެ ސަރަޙައްދުގައެވެ.

ސައިޓް-ބީގެ 29 ހެކްޓަރާއި، ސައިޓް-ސީ ގެ 24 ހެކްޓަރު ހިމެނޭ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ އުޅަނދުތައްވެސް ވީހާވެސް އަވަހަށް ނެގުމަށް އާރބަންކޯއިން ވަނީ އެދިފައެވެ. އާރބަންކޯއިން ވަނީ ނަގާ އުޅަނދުތައް ހުޅުމާލެ ބޭރުގައާއި، އަދި ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައިވެސް އެޅޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައެވެ.

ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައި އުޅަނދުތައް އެޅޭނީ އާރބަންކޯގައި ރަޖިސްޓްރީކޮށްގެންނެވެ. ހުޅުމާލެ ހިއްކަނީ، މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

އާރބަންކޯއިން އާންމުކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، ހުޅުމާލޭގެ ފަޅުން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ބިމުގެ މެދަށް ވާ ގޮތަށް އޮއެ ދައުރު ކުރަން ކޯރެއް ކަނޑާނެ އެވެ. އެ ކޯރު ކަނޑަނީ މިހާރު ހުޅުމާލޭގެ ދެ ފިޔަވަހީގެ މެދަށް ވާ ގޮތަށް އޮންނަ ކޯރާ ދިމާވާ ގޮތަށް އެހެން ނަމަވެސް އެއަށް ވުރެ ހަނިކޮށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.