Advertisement

ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

15 Aug 2023
ޚަބަރު

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތިލިބޭ ސަރަހައްދުގެ ގުރު ނަގަން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ފަށައިފިއެވެ. މިއީ ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ނަގާ ގުރުއަތެވެ.

ގުރުއަތުލުން ފަށާފައިވަނީ މިއަދު ގަލޮޅު ދަނޑުގައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންކަމަށެވެ. ދާއިމީ ލިސްޓް އިޢުލާން ކުރިއިރު، އެމީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފައެވެ. ގުރުއަތުން ނަގާ ކަރުދާސްކޮޅުގައި އެމީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންބަރު އިނގޭނެއެވެ. ސަރުކާރުން ގޯދި ދިނުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ގުރުއަތު ނެގުމުގެ މަސައްކަތް 7-10 ދުވަހުން ނިންމާލެވޭނެކަމަށެވެ. ގޯތީގެ ލިޔުން މިއަދުވެސް ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ބިންވެރިޔާ ސްކީމަށް 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.

ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18955 މީހުންގެއެވެ. ގުރުއަތު ނަގަން މިހާރު ފަށާފައިވާއިރު، ފުރަތަމަ ދެ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގައެވެ. އަދި އެއަށްފަހު ގުރު ނެގުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގައެވެ.

މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.