ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތިލިބޭ ސަރަހައްދުގެ ގުރު ނަގަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން ފަށައިފިއެވެ. ގުރުއަތުލުން ފަށާފައިވަނީ މިއަދު ގަލޮޅު ދަނޑުގައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންކަމަށެވެ. ދާއިމީ ލިސްޓް އިޢުލާން ކުރިއިރު، އެމީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފައެވެ.