Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ގޯތިދޫކޮށްފައިވާ ގުޅިފަޅު -- ފޮޓޯ: ނޫން.އެމްވީ

26 Aug 2023
ޚަބަރު

ހައުސިންގ މިނިސްޓްރީއަށް ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރެވޭ ގޮތަށް ޤަވާޢިދު އިސްލާޙްކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކަށް، ހައުސިންގ މިނިސްޓްރީން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީހަދައިދީ ދޫކުރެވޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފިއެެވެ.

ޤަވާއިދަށް ގެނައި މައިގަނޑު ބަދަލަކީ، ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ގޯތި ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ހަވާލުކުރާއިރު، ގޯތީގެ ދާއިމީ ރަޖިސްޓްރީ ދޫކުރުން، ސަރުކާރުން ކަނޑައަޅާ ވަކި އިދާރާއަކަށް ދެވޭ ގޮތަށް ގެނައި ބަދަލެވެ. މިގޮތުން، ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދަކީ ނުހިއްކައި ނުވަތަ އިން ވަކިނުކޮށް އޮތް ސަރަޙައްދެއްނަމަ އެފަދަ ސަރަޙައްދަކުން ގޯތި ހަވާލުކުރާއިރު ގޯތި ދޫކުރިކަމުގެ ލިޔުމެއް ދޭންޖެހޭނެކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

އަލަށް ޤަވާއިދަށް މިބަދަލު ގެނައީ، ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް، ރަޖިސްޓްރީކޮށް، އިމާރާތާއި ގޯތީގެ ރަޖިސްޓްރީތައް ހައްދައި ދިނުމުގައި، މާލޭ ސިޓީކައުންސިލުން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ، ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ކެމްޕޭން ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ދެކޮޅަށް ޑރ. މުއިއްޒު ގެންދަވަނީ ކެމްޕޭންކުރައްވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.