Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

20 Aug 2023
ޚަބަރު

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ނޮވެމްބަރ 5 ގެ ކުރިން ރަޖިސްޓްރީ ހަވާލުކުރުމަށް މަސައްކަތް ކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ އެންމެންނަށް މަސައްކަތް ކުރަމުންދަނީ ނޮވެމްބަރ 5 ގެ ކުރިން ގޯތި އަދި ރަޖިސްޓްރީ ހަވާލުކުރުމަށްކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ގެދޮރުވެރިޔާ ކޮމެޓީގެ ޗެއަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި ފުރުޞަތުގައި 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ. މި މީހުންނަށް ގޯތި ލިބޭ ސަރަހައްދު ބެލުމަށް ގުރުއަތުނެތުން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އަންނަ އޮކްޓޯބަރގެ ނިޔަލަށް ގިރާވަރުފަޅު އެއްކޮށް ހިއްކައި ނިމޭނެކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އަކްރަމް ވިދާޅުވީ، ހިއްކާ ނިމޭވަރަކަށް ދާނީ ގޯތި ކަނޑާ ގޯތި ދެމުންކަމަށެވެ. 

މި ދައުރު ނިމުމުގެ ކުރިން ހުރިހައި ގޯއްޗެއް ހަވާލުކުރެއްވުމަކީ ރައީސްގެ ވައުދެއްކަން އަކްރަމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ނޮވެމްބަރ 5 ގެ ކުރިން މަސައްކަތް ކުރަމުންދަނީ ހުރިހައި ފަރާތްތަކަށް ގޯތި އަދި ރަޖިސްޓްރީ ހަވާލުކުރުމަށްކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުން ކަމަށެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތައް މާލޭގެ ރައްޔިތުންނަށް އެތައް އަހަރެއްފަހުން ގޯތި ލިބޭތީ މާލޭގެ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. މީގެކުރިން އެމީހުން އުޅެމުންދިޔައީ ވަރަށް ނިކަމެތި ހާލުގައެވެ، ނަމަވެސް މިއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.