ޚަބަރު
26 Aug 2023
ޚަބަރު
ހަނިމާދޫގައި ޤާއިމްކުރާ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާއަޅައިފި
މި ޢިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލްއެވެ.
26 Aug 2023
ޚަބަރު
ތިލަދުންމަތީގެ ރަށްރަށުގައި އެމްއެންޑީއެފްގެ މިލިޓަރީ ހަރަކާތްތައް ބާއްވަނީ
އެމްއެންޑީއެފުން ބުނީ، މިއަދު ފެށިގެން ކުރިޔަށް އޮތް 4 ދުަވަހު މިލިޓަރީ ޕެރޭޑްގެ ހަރަކާތްތައް ބާއްވާއިރު، މިއަދު އެހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، ހދ. އަތޮޅުގެ ވެރިކަންކުރާރަށް، ކުޅުދުއްފުށީ ސިޓީގައިކަމަށެވެ. އަދި އާދީއްތަ ދުވަހު، ހއ. އަތޮޅުގެ ވެރިކަންކުރާރަށް، ދިއްދޫގައި މިލިޓަރީ ޕެރޭޑް ބޭއްވުމަށް ހަމަޖައްސާފައި ވާއިރު، ހޯމަދުވަހު މިލިޓަރީ ޕެރޭޑް ބާއްވާނީ، ހއ. އިހަވަންދޫގައެވެ. އަދި އަންގާރަ ދުވަހު މިހަރަކާތް ބާއްވާނީ ހދ. ނޮޅިވަރަށް ފަރުގައެވެ.
26 Aug 2023
ޚަބަރު
ހުޅުމާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި
ފުލުހުންގެ އިދާރާއިން ބުނީ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދަނީ، ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ކަމަށެވެ. އަދި އޭނާގެ ޚަބަރެއް ނުވާތީ، އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، އޮގަސްޓް 26 ވަނަ ދުވަހުގެ 01:35 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
26 Aug 2023
ޚަބަރު
ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއެކުރައްވައި ކެމްޕޭނަށް ނުކުންނަވައިފި
ރައީސް ނަޝީދަށް ކުރެއްވި ތާއީދު ދޫކޮށްލައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު، ޝިޔާން ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެއީ ދާއިރާގެ ރައްޔިތުންނާއި އަދި މުޅިރާއްޖޭގ ގިނަ ދިވެހި ރައްޔިތުންގެ ވިންދުވެސް ހުރިގޮތަކީ އެއީ ކަމަށްވާތީއެވެ. މީގެ އިތުރުން ތޮއްޑޫދާއިރާ ސާފު ބޮޑު އަޣުަލަބިއްޔަތާއި އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.
26 Aug 2023
ޚަބަރު
އަހަރެމެންނާއެކު: މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ އެކްސްޕޯ
މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ އެކްސްޕޯ "އަހަރެމެންނާއެކު" އެކްސްޕޯ ފަށައިފިއެވެ. މި އެކްސްޕޯ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
26 Aug 2023
ޚަބަރު
މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ނ. މާފަރުގައި ތަރައްޤީކުރާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެކެވެ.
26 Aug 2023
ޚަބަރު
ބޮޑުފޮޅުދޫ ބިން ހިއްކަނީ، ރައްޔިތުންގެ އެތައް އަހަރެއްގެ އުންމީދަށް ނިމުމެއް
ބިންކުޑަވުމުގެ ސަބަބުން އިޤްތިޞާދީ ފުރުޞަތުތައް ހުއްޓިފައި އޮތް އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކުރައްވައިގެންނެވެ.
25 Aug 2023
ޚަބަރު
2 ރަށެއްގައި މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފި
ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ. 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެވެ.
25 Aug 2023
ޚަބަރު
ރާއްޖޭގައި އަނބު އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފައްޓަވައިފި
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގެ ރަށްތަކުގައި އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ. އަނބު ދަނޑު ހެއްދުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ރަށްތަކުގައި ކާނާ ލިބޭ ގަސް އާލާކުރުމަށް އެގްރިކަލްޗަރ މިނިސްޓްރިއިން މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.
25 Aug 2023
ޚަބަރު
ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް އިލޯން މަސްކްގެ "ސްޓާލިންކް" އަށް
ސްޓާލިންކް ސާވިސަސްއަށް ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދިނުމުގެ ލައިސެންސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކޮށްފި އެވެ. ސްޓާލިންކް އަކީ ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ.
25 Aug 2023
ޚަބަރު
އީސީގެ އޮފީހާއި އިންތިހާބީ މަރުކަޒު ކައިރީގައި ކެންޕެއިން ބެނާތައް ނުދެމުމަށް އަންގައިފި
އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހާއި އިންތިޚާބީ މައި މަރުކަޒު ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ. އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެންޕެއިން ބެނާތައް މުޅި މާލޭގައި ވަނީ ދަމާފައެވެ. އަދި އިންތިހާބީ މައި މަރުކަޒު ދަރުބާރުގެ ކައިރީގައިވެސް މިފަދަ ބެނާތައް އެބަހުއްޓެވެ.
24 Aug 2023
ޚަބަރު
މިއީ ދެވަނަ ބުރެއްނެތި އަނެއްކާވެސް އެމްޑީޕީން ވެރިކަމަށް އަންނާނޭ ފަހަރު: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ އުފާވެރިއަމާން ރާއްޖެ ކެމްޕޭނުގައި، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އިޤުތިޞާދީ ސިޔާސަތުތައް ޙާމަކުރުމަށް، "ޒަމާނަކުން އައި ޒަމާނެކޭ"ގެ ނަމުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
24 Aug 2023
ޚަބަރު
އިޤުތިޞާދީ ބޮޑު ބަދަލުގެ ސިޔާސަތުތައް ހާމަކޮށްފި
މެނިފެސްޓޯގެ އިޤުތިޞާދީ ސިޔާސަތުތައް ހާމަކުރީ، އުފާވެރި އަމާންރާއްޖެ ކެމްޕެއިންގެ ދަށުން، މިރޭ "ޒަމާނަކުން އައި ޒަމާނޭ"ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.
24 Aug 2023
ޚަބަރު
ދަނޑު ހެއްދުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް "ދަނޑުވެރިޔާ" ވެބްސައިޓް ލޯންޗްކޮށްފި
"ދަނޑުވެރިޔާ" ވެބްސައިޓް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އިފްތިތާހްކޮށްދެއްވައިފިއެވެ. މި ވެބްސައިޓް އިފްތިތާހްކުރެއްވީ މިކަމަށްޓަކައި ށ. ގޮއިދޫގައި ބޭއްވި ހަފްލާއެއްގައެވެ. ދަނޑުވެރިންނަށް ބޭނުންވާ މުހިންމު ގިނަ މައުލޫމާތެއް އެއް ތަނަކުން ލިބޭނެއެވެ.
24 Aug 2023
ޚަބަރު
މާލޭގެ ސެލޫނަކުން ފިރެހެނަކު އަންހެނަކަށް ވެގެން ހިދުމަތްދިން މައްސަލައެއް ފެންމަތިވެއްޖެ
މާލޭގެ ހިންގަމުންދާ ސެލޫނަކުން ފިރެހެނަކު އަންހެނަކަށް ވެގެން އަންހެން ކަސްޓަމަރަކަށް ހިދުމަތްދިން މައްސަލައެއް ފެންމަތިވެއްޖެއެވެެެ. ސޯޝަލް މީޑިއާގައި ހިދުމަތް ލިބިގަތް މީހާ ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ މާލޭގެ މި ސެލޫނުން ފިރެހެނަކު އަންހެނެއްގެ ހެދުން އަޅައިގެން އޭނާއަށް ހިދުމަތް ދީފައިވާކަމަށެވެ. އެއީ ފިރެހެނެއްކަން އޭނާއަށް އިނގުނީ ހިދުމަތް ހޯދާ މާފަހުން ކަމަށް ވަނީ ބުނެފައެވެ.
24 Aug 2023
ޚަބަރު
ވޯޓާރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމަށް މާދަމާ ހުޅުވާލަނީ
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.