Advertisement

ޑރ. ޢަބުދުﷲ މަޢުސޫމް އެމްޑީޕީއަށް ސޮއެކުރެއްވުން ---

27 Aug 2023
ޚަބަރު

ޓޫރިޒަމް މިނިސްޓަރ ޑރ ޢަބުދުﷲ މަޢުސޫމް އެމްޑީޕީއަށް ސޮއެކުރައްވައިފި

ޓޫރިޒަމް މިނިސްޓަރ ޑރ ޢަބުދުﷲ މަޢުސޫމް އެމްޑީޕީއަށް ސޮއެކުރައްވައިފިއެވެ.

އެމްޑީޕީން މިރޭ ކުރި ޓްވީޓެއްގައި ވަނީ، ޑރ މަޢުސޫމް އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރައްވައި އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

ޑރ މަޢުސޫމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ދެވަނަ ދައުަރަކަށް ކުރިމަތިލައްވާނެކަން އިޢުލާނުކުރެއްވުމާއި އެކު، އެކަމަށް ތާއީދު ކުރައްވާކަން އެންމެ ފުރަތަމަ ހާމަކުރެއްވި ޖުމްހޫރީޕާޓީގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ މައުސޫމް ވަޑައިގެންނެވީ، ޖުމްހޫރީޕާޓީގެ ސްލޮޓެއްގައި ނަމަވެސް، ޖުމްހޫރީޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ނުހަދައި ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމުމާއިއެކު، 7 އޮގަސްޓް 2023ގައި ޑރ މައުސޫމް ވަނީ ޖުމްހޫރީޕާޓީން ވަކިވެވަޑައިގެންފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން، ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ، ޑރ ޢަބުދުﷲ މަޢުސޫމަކީ، ރައީސް މައުމޫނުގެ ދައުރުގައި ވަޒީރުކަންވެސް ކުރެއްވި، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.