Advertisement

27 Aug 2023
ޚަބަރު

ހުވަދޫގެ ދުލުން ތަރުހީބުގެ ތަރާނާ

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް މުޅި ރާއްޖެއަށް ގެނައި ތަރައްޤީ ފެނި, އެކަން ތަޖުރިބާ ކުރަމުންދާ ރައްޔިތެއްގެ ހައިސިއްޔަތުން, އެ މަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ދިވެހިރާއްޖެއަށް ބޭނުންޖެހިފައިވާ މިންވަރު ހާމަކޮށްދީ,  ހުވަދޫއިން ރައީސަށް އޮތް ތަރުހީބު ބަރުތީލަކޮށްލަދޭ މާނަ ފުން ލަވައެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ. "އެކްސް" މެދުވެރިކޮށް މި ލަވަ އާންމުކޮށްފައިވަނީ މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ) އެވެ

ލަވަ އާންމުންނާއި ޙިއްސާ ކުރައްވަމުން ހަނަފީ ވިދާޅުވެފައިވަނީ, މުޅި ހުވަދޫ ގޮވަމުން ދަނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކަމަށާއި, އެ މަނިކުފާނު ވަނީ މުޅި ރާއްޖޭގައި މައުނަވީ ތަރައްޤީގެ ބިންގާ އަޅައިދީފިކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އިރާދަކުރެއްވިއްޔާ ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް ވެސް ހަނަފީ ވިދާޅުވެފައިވެއެވެ

ލަވަ ހިއްސާ ކުރުމަށް "އެކްސް" ގައި ހަނަފީ ކުރެވި ޕޯސްޓް

"އުފާވެރި އަމާން ރާއްދެޔާ"  ކިޔާ މި ލަވައިގައި ޖުމްލަ ގޮތެއްގައި ކިޔާދީފައިވަނީ ރައީސް ޞާލިޙްގެ މި ދައުރުގައި ވަކި ރަށެއް ބާކީ ނުކޮށް, މުޅި ރާއްޖެ ތަރައްޤީކުރުމުގައި ހޯދާފައިވާ ބޮޑު ކުރިއެރުންތަކުގެ ވާހަކައާއި, އަދި ޙާއްސަކޮށް ޒުވާނުންނަށް ހޯދައިދިން ގިނަ ފުރުސަތުތަކުގެ ވާހަކައެވެ. ލަވައިގައި ބުނާގޮތުން މިއީ އެންމެންނަށް ވެސް ފެނި މިއަދާއި ހަމައަށް އައިއިރު ތަޖުރިބާ ކުރެވިފައި އޮތް ހަޤީގަތެކެވެ.

ހުވަދޫ ބަހުން ހުށަހަޅާދީފައިވާ މި ލަވައިގެ ވީޑިއޯ "އެކްސް" ގައި ހިއްސާކުރިއިރު, އެ ލަވައިގެ އޯޑިއޯ ޑައުންލޯޑު ކުރެވޭނެ ލިންކެއް ވެސް ހަނަފީ ވަނީ ހިއްސާ ކޮށްފައެވެ.

ލަވައިގެ އޯޑިއޯ ޑައުންލޯޑު ލިންކުhttps://bit.ly/3P9GkcS

އުފާވެރި އަމާން ރާއްދެޔާ | އޮފިޝަލް ވީޑިއޯ ލަވަ

ހުވަދޫގެ ވަކިވަކި ރަށްރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްދީފައިވާއިރު އަދި ކޮށްދެއްމުންދާއިރު, މި ފަހަކުން ވަނީ މުޅި ހުވަދޫގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތްވެސް ފަށާފައެވެ. އަދި މިހާރު އެ އަތޮޅުން ފުވައްމުލަކަށާއި އައްޑޫއަށް ދަތުރު ކުރެވޭނެހެން މިވަނީ އާރު.ޓީ.އެލް މެދުވެރިކޮށް ގުޅާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.