ޚަބަރު
23 Aug 2023
ޚަބަރު
ކައުންސިލްތަކުގެ މާލީ އެހީ އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ލޯކަލް ކައުންސިލްތަކަށްދޭ މާލީ އެހީ އިތުރު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިިއަދު ވިދާޅުވެއްޖެ އެވެ.
23 Aug 2023
ޚަބަރު
ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
23 Aug 2023
ޚަބަރު
ރުއް އިންދުމުގެ ޤައުމީ ޕްރޮގްރާމް ފުޅާކޮށް އަންނަ އަހަރު ފަޅުރަށްތަކުގައިވެސް ރުއް އިންދަނީ
މި ސަރުކާރުން ފައްޓަވާފައިވާ ރުއް އިންދުމުގެ ޤައުމީ ޕްރޮގްރާމް އަންނަ އަހަރު ފުޅާކޮށް ރާއްޖޭގެ ފަޅުރަށްތަކުގައިވެސް ރުއް އިންދަވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
23 Aug 2023
ޚަބަރު
ރާއްޖޭގެ އިންޝުއަރެންސް ނިޒާމް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅެއް
ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ޔޫއެންޑީޕީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
22 Aug 2023
ޚަބަރު
ބީލަމަށްލި ދެ ރަށުން ހަނިމާދޫ އެއަރޕޯޓުގެ ދިރުން އިތުރުވާނެ
ބޮޑުތިލަދުންމަތީގެ 2 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ.
22 Aug 2023
ޚަބަރު
ބީލަމަށްލި ދެ ރަށުން ހަނިމާދޫ އެއަރޕޯޓުގެ ދިރުން އިތުރުވާނެ
2 ރަށެއްގެ ބިން ހިއްކުމާއި، 2 ރަށެއްގެ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.
22 Aug 2023
ޚަބަރު
ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިނޫނީ ނެތް: ހިސާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނޫނީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިހާތަަނަށް ނެތްކަމަށް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
22 Aug 2023
ޚަބަރު
ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތައް ބަލާލެވޭ ޕޯޓަލްއެއް
"ޕްރައިވެޓް ހައުސިންގ އިންފޮމޭޝަން ޕޯޓަލް" ގެ ނަމުގައި ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާރބަންކޯއިން އިފްތިތާޙުކޮށްފިއެވެ.
22 Aug 2023
ޚަބަރު
ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެސްޓީއޯއިން އަނެއްކާވެސް އިތުރު ބޮޅެއް
ހުޅުމާލެ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކުރުމަގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސީއެސްއެސްޑީގެ ސެޓަޕެއް ކުރަހައި، މި ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް އެސްޓީއޯއިން ސްޕެއިންގެ ކުންފުންޏެއްކަމަށްވާ "މަޓަޗާނާ" އާއި އެއްބަސްވުމއްގައި ވަނީ މިއަދު ސޮއިކޮށްފައެވެ.
22 Aug 2023
ޚަބަރު
އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް %40 މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
21 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބައި ރަށަށް ވަޑައިގެންފިކަމުގައި އެމްޑީޕީން ހާމަކޮށްފިއެވެ. އެމްޑީޕީން މިކަން ހާމަކޮށްފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މާޅޮސްމަޑުލުގެ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މާޅޮސްމަޑުލު ދެކުނުބުރީ، އޭދަފުށީގައި ބޭއްވި ބަދަރު ބައްދަލުވުމުގައެވެ.
21 Aug 2023
ޚަބަރު
ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި
ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ، ވިނަރެސް ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް މިއަދު ފްލެޓް ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ފްލެޓްތައް ލިބޭ ބައެއް ފަރާތްތަކަށް ފްލެޓްތަކުގެ ރަމްޒީ ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
21 Aug 2023
ޚަބަރު
ބ. ހިތާދޫ އިންޖީނުގެއާ ފެނަކަ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި
21 Aug 2023
ޚަބަރު
ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ހުންނަ ބ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި އަދި އެހޮސްޕިޓަލްގައި އިތުރު ޚިދުމަތްތައް ފުޅާ ކުރެއްވުމުގެ ގޮތުން އެހޮސްޕިޓަލްގައި މިސަރުކާރުން ބިނާކުރި އައު ޢިމާރާތް ރައީ ސުލްޖުމްހޫރިއްޔާާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މިއަދު މާޅޮސް މަޑުލުގެ ރަށްތަކަށް އެމަނިކުފާނު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރުފަހު، އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތަކީ، އެހޮސްޕިޓަަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިތުރު ކުރެވުނު ޢިމާރާތެކެވެ. މިޢިމާރާތުގައި، 6 އެނދުގެ ޑަޔަލިސިސް ޔުނިޓަކާއި، އޯޕީޑީ 6 ކޮންސަލްޓޭޝަން ރޫމާއި، ވެއިޓިންގ އޭރިޔާއަކާއި، ރިސެޕްޝަން ހިމެނެއެވެ. ބ.އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށާފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގައެވެ.
21 Aug 2023
ޚަބަރު
ބ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރައީސް އިފްތިތާޙކޮށް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށުގައި މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު މާޅޮސްމަޑުލުގެ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ގޮއިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ގޮއިދޫގެ ފެނައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ރައީސުލްޖުްހޫރިއްޔާ ވަނީ އެރަށުގައި ސަރުކާރުން ތަރައްޤީކުރެއްވި ސްކޭޓް ޕާކާއި، ވޮލީކޯޓު ހުޅުއްވައި ދެއްވާފައެވެ.
21 Aug 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ބ. ފުޅަދޫ އާއި ފެހެންދޫ ބަނދަރު ހުޅުއްވައިދެއްވައިފި
މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ އާއި ފެހެންދޫގައި މިސަރުކާރުން މުޅިން އަލަށް ތަރައްޤީކުރި ބަނދަރުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައި ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިދެރަށުގެ ބަނދަރު ހުޅުއްވައި ދެއްވި، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު އެދެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.