Advertisement

ފޮޓޯ: ޝޮޕީ ބްލޮގް

24 Aug 2023
ޚަބަރު

މާލޭގެ ސެލޫނަކުން ފިރެހެނަކު އަންހެނަކަށް ވެގެން ހިދުމަތްދިން މައްސަލައެއް ފެންމަތިވެއްޖެ

މާލޭގައި ހިންގަމުންދާ ސެލޫނަކުން ފިރެހެނަކު އަންހެނަކަށް ވެގެން އަންހެން ކަސްޓަމަރަކަށް ހިދުމަތްދިން މައްސަލައެއް ފެންމަތިވެއްޖެއެވެެެ. މިވާހަކަ އާންމުންނާއި ހިއްސާކޮށްފައިވަނީ ހިދުމަތް ލިބިގަތް އަންހެން ޒުވާނާ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ބުދަ ދުވަހުގެ ހަވީރު އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވާ ލިޔުމުގައި އޭނާ ބުނެފައިވަނީ، މި ވާހަކަ އޭނާ ސޯޝަލް މީޑީއާގައި ހިއްސާ ކުރުމުގެ ބޭނުމަކީ އޭނާއަށް ކުރެވުނު ތަޖުރިބާ އެހެން މީހަކަށް ކުރެވުމުގެ ކުރިން އެކަމަށް އެހެން މީހުން ހޭލުންތެރި ކުރުވުމެވެ. އަދި އޭނާގެ ތަޖުރިބާ ޙިއްސާ ކޮށްފައިއެވަނީ އޭނާއަށް ޚިދުމަތްދިނީ އަންހެނެއް ނޫންކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ. މިކަން އޭނާ ކަށަވަރުކުރީ އިންސްޓަގްރާމް މެދުވެރިކޮށް އެ "ބިއުޓީޝަން" ގެ ވަނަވަރު އެކި ގޮތްގޮތުން ބަލާ، އަދި އޭނާ ކުރިން ވަޒީފާގައި ގެންގުޅުނު ފަރާތުން އެކަން ޔަގީންކޮށްފައިކަމަށް ބުނެފައިވެއެވެ. 

ހާދިސާ އިތުރަށް ހިއްސާކުރަމުން ޒުވާނާ ބުނެފައިވަނީ މާލޭގެ މި ސެލޫނުން އޭނާއަށް ހިދުމަތް ދިން ފިރެހެނާ ހުރީ އަންހެނެއްގެ ހެދުން އަޅައިގެން ކަމަށާއި، އަދި ވާހަކަ ދައްކާފައިވަނީ ވެސް އަންހެން އަޑަކުން ކަމަށެވެ. އަދި ފިރެހެނެއްކަން އޭނާއަށް އެނގުނީ ހިދުމަތް ހޯދުމަށްފަހު ގެޔަށް ދިޔަފަހުން ކަމަށެވެ. 

ހިދުމަތް ލިބިގަތް ޒުވާނާ ވަނީ، މި "ބިއުޓީޝަން" ގެ ވީޑިއޯ ވެސް އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ. މި ވީޑިއޯތަކުން އެނގޭ ގޮތުގައި އެއީ ބިދޭސީއެކެވެ.

މި ހާދިސާ އިތުރަށް އޮޅުންފިލުވާ ދެމުން ޒުވާނަ ކިޔާދީފައިވާ ގޮތުގައި، އެޕޮއިންޓްމަންޓު ހެއްދިއިރުވެސް ދެފަހަރެއްގެ މަތިން އޭނާ ވާނީ ޚިދުމަތް ހޯދަން ބޭނުންވަނީ އަންހެން މުވައްޒަފެއް މެދުވެރިކޮށްކަމަށް ބުނެފައެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ "ވެކްސިންގ އެޕޮއިންޓްމަންޓަށް" އޯގަސްޓު މަހުގެ 14 ވަނަ ދުވަހު އޭނާ ސެލޫނަށް ދިއުމުން، އޭނާއަށް ޚިދުމަތް ދީފައިވަނީ އަންހެން ހެދުން އަޅައިގެން ހުރި ފިރިހެނެއްކަން މިހާރު މިވަނީ އެނގިފައި ކަމަށެވެ.

ކަން ހިނގާދިޔަގޮތް އޮޅުން ފިލުމުން އޭނާއަށް ކުރެވުނު އިހްސާސްތައް ވަނީ ކިޔައިދީފައެވެ. އެގޮތުން އެ ބަޔާނުގައި ލިޔެފައިވަނީ، "This revelation left me feeling not only uncomfortable but also violated and traumatized"، މިހެންނެވެ.

މި ކަންބޮޑުވުން ސެލޫނާ ހިއްސާ ކުރުމުން، މިހާތަނަށްވެސް އެކަށީގެންވާ އެއްބާރުލުން އެކަމުގައި ލިބިފައިނުވާކަމަށް ޒުވާނާ ބުނެއެވެ. އެގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. 

ގިނަ ބަޔަކު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.