Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

22 Aug 2023
ޚަބަރު

އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް %40 މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި، 44281 ފަރާތަކަށް، ޖެނުއަރީމަހުން ފެށިގެން އެންމެ ދަށްވެގެން %40 މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒޭޝަން ނިންމާނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެންކަމަށެވެ. މިގޮތުން، ސިފައިންނާއި ފުލުހުން އަދި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި، ކަރެކްޝަންސް ކަސްޓަމްސް، އިމިގްރޭޝަން އަދި އިމާމުންނާއި މުދިމުންނާއި،  ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނަ ތަން އަންނަ ޖެނުއަރީން ފެށިގެން ފެނިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ހުށައަޅުއްވާ ދައުލަތުގެ ބަޖެޓުގައި މުސާބޮޑުކުރުމަށް ބޭނުންވާ ފައިސާ ހިމަނުއްވާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މުސާރަތަކަށް އެކި ދާއިރާތަކުން އަންނާނެ ބަދަލުތަކާއި، މުސާރައަށް އިތުރުވާނެ މިންވަރުގެ ތަފްސީލްތައް ޙިއްޞާކުރައްވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ކޮންސްޓަބަލެއްގެ މުސާރަ، 11,000ރ. އިން 15,400ރ. އަށް ބޮޑުވާނެ ކަމަށާއި، ފުލުހުންގެ ޗީފް އިންސްޕެކްޓަރެއްގެ މުސާރަ 34,300ރ. އިން 48,000ރ. އަށް ބޮޑުވާނެ ކަމަށެވެ. އަދި ސިފައިންގެ ޕްރައިވެޓަކަށްލިބޭ މުސާރަ 11,500ރ. އިން 16,100ރ. އަށް ބޮޑުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ މައްސަލަތައް ކައުންސިލްތަކުން މީގެކުރިންވެސް ފާހަގަކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ 7,200ރ. އިން 10,500ރއަށް ބޮޑުވެގެން ދާއިރު، ސިވިލް ސާވިސްގައި ޑިރެކްޓަރުންގެ މުސާރަ 16,000ރ. އިން 23,200ރ. އަށް ބޮޑުވެގެންދާނެ ކަމަށެވެ.

ޕޭކޮމިޝަނުން ޕޭހާމަނައިޒޭޝަންގެ މަސައްކަތްތައް ކުރަމުން ދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ، މުދައްރިސުންނާއި، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް މިދައުރުގެ ތެރޭގައި އެކަށީގެންވާ ހެޔޮބަދަލެއް ގެނެސްދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.