ޚަބަރު
12 Aug 2023
ޚަބަރު
އިންތިހާބުގެ ރިޝްވަތުގެ މައްސަލަ ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް
ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމުކޮށްފިއެވެ.
12 Aug 2023
ޚަބަރު
4 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ބިން ހަވާލުކޮށްފި
4 ރަށެއްގައި ތަރައްޤީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.
12 Aug 2023
ޚަބަރު
ވީއެލްޑީ ސިސްޓަމް ހަރުކުރުމުގައި ދަތިތައް ދިމާވާ މަސްވެރި އުޅަނދުތަކުން އެކަން މިނިސްޓްރީއަށް އެންގުމަށް އެދެފި
ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އޮކްޓޯބަރގެ ކުރިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) ހަރުކުރުމުގައި ހުރަހެއް ދިމާވާނަމަ އެކަން އެންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެދެފިއެވެ.
12 Aug 2023
ޚަބަރު
ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދު: ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދުކަމަށާ، ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް، ވިޔަފާރީގެ މުޢާމަލާތްތައް ހިނގަމުން އެދަނީ އެއްވެސް ހުއްޓުމެއް، މެދުކެނޑުމެން ނެތިކަމަށެވެ. ޑިޖިޓަލް މުވާޞަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައްވެސް، ދެ އިނގިލިހާ ކައިރިކޮށްދީފިކަމަށާ، ނަމަވެސް، މިއަދާ ހަމައަށް ރާއްޖެއޮތީ، އެ ދުނިޔެއަށް މުޅިން ނުވަދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
12 Aug 2023
ޚަބަރު
ކެމްޕޭނަށް ރައީސް ނ އަތޮޅަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިކެމްޕޭން ދަތުރުފުޅުގައި ނ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ބަނދަރު ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން އެރަށްރަށުގައި ރައީސުލްޖުމްހޫރިއްޔާ، ކެމްޕޭން ޖަގަހަތައްވެސް ހުޅުއްވައިދެއްވާނެއެވެ. މީގެ އިތުރުން ސަރުކާރުން ނ. އަތޮޅުގެ ރައްރަށުގައި ޢިމާރާތްކުރައްވާފައިވާ ތަންތައް ހުޅުއްވައިދެއްވައި، ފެނާއިނަރުޒަމާގެ މަސައްކަތް ނިިމިފައިވާ ރަށްރަށުގައި އެޚިދުމަތްތައް ފައްޓަވައި ދެއްވާނެއެވެ.
11 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ދަނޑުވެރި އުފެއްދުންތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލި
ަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިން ޢާންމުކޮށް ޝާއިޢުކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ. މިގެނެވުނު އިސްލާޙާ ގުޅިގެން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ހަމަޖެހިފައިވާ ލިސްޓުގައި ޖުމްލަ 158 އައިޓަމެއް ހިމަނާ ގެޒެޓް ކުރެވިފައިވެއެވެ. އަދި 2019 މޭ 16 ވަނަ ދުވަހު ތަކެތީގެ މިލިސްޓަށް ފުރަތަމަ އިސްލާޙު ގެނައުމަށް ފަހު އިމްޕޯޓް ޑިއުޓީ ނުނެގުމަށް ކަނޑައެޅިފައިވާ ތަކެތީގެ ލިސްޓުގެ އަދަދު 191 އަށް އިތުރުކޮށް އައު ލިސްޓް ވަނީ ގެޒެޓް ކުރެވިފައެވެ.
11 Aug 2023
ޚަބަރު
ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެންޕެއިން ކުރުމުގެ ފުރުސަތު ދީފައިވާނެ: ރައީސް
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެމްޕޭން ކުރުމުގެ ފުރުސަތު، ދީފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
11 Aug 2023
ޚަބަރު
ގއ. ވިލިނގިލީ ބިން ހިއްކާ އިތުރު 100 ހައުސިން ޔުނިޓް އަޅާދޭނަން: ރައީސް
ގއ.ވިލިނގިލިން ބިން ހިއްކާ އިތުރު 100 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
11 Aug 2023
ޚަބަރު
ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.
11 Aug 2023
ޚަބަރު
ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީ 3.53 ބިލިއަނުގައި
މިއަހަރުގެ ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް އާމްދަނީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
10 Aug 2023
ޚަބަރު
މިއަހަރު ނިމުމުގެ ކުރިން ޖީޑީޕީ 107 ބިލިއަނަށް އަރާނެ: އަމީރު
މި ސަރުކާރުގެ 5 އަހަރު ނިމޭއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. އަމީރު ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި އުފެއްދުންތެރިކަން 81 ބިލިއަން ރުފިޔާއިން، 107 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ 2018ވަނަ އަހަރު، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހުރީ 81 ބިލިއަން ރުފިޔާގައިކަމަށެވެ.
10 Aug 2023
ޚަބަރު
ކޮނޑޭ ކައުންސިލްގެ އައު އިމާރާތް އަދި އައު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
10 Aug 2023
ޚަބަރު
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ
2022 ވަނަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދިނުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ނިންމައިފިއެވެ.
10 Aug 2023
ޚަބަރު
ގެމަނަފުއްޓަށް އުފާވެރި ދުވަހެއް، 4 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި
ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.
09 Aug 2023
ޚަބަރު
ގއ. މާމެންދޫ މަގުހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
މިކަމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އެމިނިސްޓްރީގެ ފަރާތުން މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. އަދި އާރްޑީސީގެ ފަރާތުންް ސޮއެކުރެއްވީ، އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝިހާދެވެ. 138.6 މިލިއަން ރުފިޔާއަށް ރުފިޔާއަށް މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
09 Aug 2023
ޚަބަރު
ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކޮށްފި
ކެންޑިޑޭޓް ނަމްބަރު ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ، ދަރުބާރުގޭގައި ޤާއިމްކޮށްފައިވާ އިންތިޚާބާއި ބެހޭ މަރުކަޒުގައި މިއަދު ހަވީރު 4:30 ގައެވެ. ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ގުރު ނެގުމުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ފިޔަވައި، އެހެން ކެންޑިޑޭޓުން ގުރު ނަގާފައިވަނީ އެބޭފުޅުން އަމިއްލައަށެވެ.