Advertisement

ފޮޓޯ: ޒުވާން މަސްވެރިޔާ

12 Aug 2023
ޚަބަރު

ވީއެލްޑީ ސިސްޓަމް ހަރުކުރުމުގައި ދަތިތައް ދިމާވާ މަސްވެރި އުޅަނދުތަކުން އެކަން މިނިސްޓްރީއަށް އެންގުމަށް އެދެފި

ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އޮކްޓޯބަރގެ ކުރިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) ހަރުކުރުމުގައި ހުރަހެއް ދިމާވާނަމަ އެކަން އެންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެދެފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ވެސަލް ލޮކޭޓިންގ ޑިވައިސް (ވީ.އެލް.ޑީ) ހިލޭ ފޯރުކޮށްދީ ހަރުކޮށްދިނުމުގެ މަސައްކަތް، އޫރިދޫ މޯލްޑިވްސް މެދުވެރިކޮށް، 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ 534 އުޅަނދުގެ ތެރެއިން 318 އުޅަނދަކުން މިހާރު ވީ.އެލް.ޑީ ހަރުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ކަނޑުމަހުގެ މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި އުޅަނދުފަހަރުގައި ވީ.އެލް.ޑީ ހަރުކޮށް ވެސެލް ޓްރެކިންގ ނިޒާމެއް ގާއިމްކޮށް ހިންގުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާކަމަށެވެ. އަދި މަތީ އަގުލިބޭ ޔޫރަޕިއަން ޔޫނިއަންފަދަ ބޭރުގެ ބާޒާރުތަކަށް ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތައް ވިއްކުމަށްޓަކާވެސް މިއީ ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑުމަހުގެ މަސްވެރިކަމަށް ލައިސަންސް ނަގާފައިވާ، ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދެއްގައި ވީ.އެލް.ޑީ ހަރުކުރަންޖެހެއެވެ. ނަމަވެސް، ކަނޑުމަހުގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ މިދިގުމިނުގެ އުޅަނދުތަކުގެ ތެރެއިން 90 އުޅަނދެއްގައި، އެކި ސަބަބުތަކާހުރެ މިއަދާއި ހަމައަށް ވީ.އެލް.ޑީ ހަރުކޮށްފައިނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން 30 އޮކްޓޫބަރު 2023 ގެ ކުރިން، ވީ.އެލް.ޑީ ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އަންގާފައެވެ. ނަމަވެސް، މިމުއްދަތުގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބައެއް އޮޑިވެރިން ފާހަގަކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން، އެއްވެސް އުޅަނދަކަށް 30 އޮކްޓޫބަރު 2023 ގެ ކުރިން ވީ.އެލް.ޑީ ހަރުކުރުމުގެ މަސައްކަތް ނިންމުމަށް އެއްވެސް ހުރަހެއް ކުރިމަތިވާނަމަ، އެކަން، އުޅަނދުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރާއެކު، ފިޝަރީޒް މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.