Advertisement

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ވަޑައިގެންނެވުން

12 Aug 2023
ޚަބަރު

ކެމްޕޭނަށް ރައީސް ނ އަތޮޅަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ކެމްޕޭން ދަތުރުފުޅުގައި މިއަދު ނ.އަތޮލަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިކެމްޕޭން ދަތުރުފުޅުގައި ނ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ބަނދަރު ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން އެރަށްރަށުގައި ރައީސުލްޖުމްހޫރިއްޔާ، ކެމްޕޭން ޖަގަހަތައްވެސް ހުޅުއްވައިދެއްވާނެއެވެ. މީގެ އިތުރުން ސަރުކާރުން ނ. އަތޮޅުގެ ރައްރަށުގައި ޢިމާރާތްކުރައްވާފައިވާ ތަންތައް ހުޅުއްވައިދެއްވައި، ފެނާއިނަރުޒަމާގެ މަސައްކަތް ނިިމިފައިވާ ރަށްރަށުގައި އެޚިދުމަތްތައް ފައްޓަވައި ދެއްވާނެއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ކެމްޕޭން ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ، ހުވަދުއަތޮޅަށާއި ނިލަންދެއަތޮޅު ދެކުނުބުރިއަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ވަނީ، ތިލަދުންމަތީގެ އުތުރުބުރިއަށާއި، ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރު ބުރިއަށާއި، އައްޑުއަތޮޅަށާއި ފުވައްމުލަަކަށް އަދި، މުލަކަތޮޅަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު، ނ އަތޮޅަށް ވަޑައިގެންނެވުމާއިއެކު މިއިންތިޚާބުގެ ކެމްޕޭނުގައި ތިލަދުންމަތީގައި ހިމެނޭ ހުރިހާ އަތޮޅަކަށް ވަޑައިގެންނެވުނީއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް މިހާރުވަނީ މަހަކަށްވުރެ ކުޑަތަންވެފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.