Advertisement

11 Aug 2023
ޚަބަރު

ގއ. ވިލިނގިލީ ބިން ހިއްކާ އިތުރު 100 ހައުސިން ޔުނިޓް އަޅާދޭނަން: ރައީސް

ގއ.ވިލިނގިލިން ބިން ހިއްކާ އިތުރު 100 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ވިލިނގިލި އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ވިލިނގިލިން އަނެއްކާވެސް ބިން ހިއްކާ އެ ބިމުގައި އިޤްތިޞާދީ އެހެން މަސައްކަތްތައް ކުރިއަށްގެންދެވޭނެ ގޮތް ހައްދަވާދެއްވާނެކަމަށެވެ. އަދި ވިލިނގިލި ކައިރީގައި އޮތް ޑޮރަގައްލާ ފަރު ދަތުރުދާ ރަށެއްގެ ގޮތުގައި ހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލިނގިއްޔަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސަރަޙައްދުން ބާނާ މަސް އެކީގައި ގަނެވޭނެ ގޮތާއި ފަސޭހައިން އައިސްލިބި ރައްކާކުރާނެ ގޮތާއި ވަގުތުން ފައިސާ ލިބޭނެ ގޮތް އަދިވެސް ހަދަންޖެހޭކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މެދު ތެރެއަށް އަންނައިރު ކެޕޭސިޓީ އިތުރުވެ މަސް ގަނެވޭނެ ގޮތް މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި މަސް ޕްރޮސެސްކުރެވޭނެ އިތުރު ގޮތްތައް ހޯދުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގއ،ގދ،ޏ، ސ އަތޮޅުގެ މަސްވެރިކަން ކުރާ ރަށްރަށަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 54 މިލިޔަން ޑޮލަރުގެ އެހީއެއް ވޯލްޑް ބޭންކުން ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހީ ރައްޔިތުންނަށް ފޯރުކޮށްދީ މަދުވެގެން 2 ކޭނިން ފެކްޓްރީ އެޅުމުގެ ޕްލޭން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.