Advertisement

ފިނޭންސް މިނިސްޓަރ އަމީރު. ފޮޓޯ: ސޯސަލް މީޑިއާ

10 Aug 2023
ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ޖީޑީޕީ 107 ބިލިއަނަށް އަރާނެ: އަމީރު

މި ސަރުކާރުގެ 5 އަހަރު ނިމޭއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގދ.ގައްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި އުފެއްދުންތެރިކަން 81 ބިލިއަން ރުފިޔާއިން، 107 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ 2018ވަނަ އަހަރު، މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ހުރީ 81 ބިލިއަން ރުފިޔާގައިކަމަށެވެ. ނަމަވެސް މި 5 އަހަރު ނިމޭއިރު މި އަދަދު 107 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެކަމަށެވެ.

އަމީރު ވިދާޅުވީ ކޯވިޑްގެ ޙާލަތު ކުރިމަތިނުވެ، ސަރުކާރުގެ ޕްލޭނާއި އެއްގޮތައް ކަންކަން ދިޔަނަމަ ޖީޑީޕީ 140 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެކަމަށެވެ. ކޯވިޑްގެ ޙާލަތުގައިވެސް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ރަނގަޅަށް ހިފެހެއްޓުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ދަށަށް އިޤްތިޞާދު ދިޔަ ހާލަތުގައިވެސް، 2018ވަނަ އަހަރަށްވުރެ ބޮޑު ކުރިއެރުމެއް ހޯދިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ރާއްޖޭގެ ޖީޑީޕީ 57 ބިލިއަނަށް ދަށަށް ދިޔަނަމަވެސް، ރާއްޖޭގެ ޔޫސަބަލް ރިސަރވް ހުރީ 177 މިލިއަން ޑޮލަރުގައިކަމަށެވެ. 2018ވަނަ އަހަރު ރާއްޖޭގެ ޔޫސަބަލް ރިސަރވަކީ، 162 މިލިއަން ޑޮލަރެވެ. 2021ވަނަ އަހަރު ނިންމާލީ، 413 މިލިއަން ޑޮލަރުގެ ޔޫސަބަލް ރިސަރވަކާއެކު ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.