Advertisement

ފޮޓޯ: ސޯސަލް މީޑިއާ

10 Aug 2023
ޚަބަރު

އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ

2022 ވަނަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދިނުމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ނިންމައިފިއެވެ. އެމްއޭސީއެލްއިން ބުނީ މިގޮތައް ނިންމާފައިވަނީ ކުންފުނީގެ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުން އަހަރީ ބޯނަސް ދިނުމުގެ ބޭނުމުގައިކަމަށެވެ.

2022 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ކުންފުނީގެ ވަޒީފާގައި އެ އަހަރު 6 މަސް ދުވަސް (180 ދުވަސް) ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި، އެ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން 6 މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންނަށް ބޯނަސް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން (ޕްރޯ ރާޓާކޮށް) ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން 2022 ވަނަ އަހަރު ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފުންނަށް 2022 ވަނަ އަހަރުގެ ބޯނަސް ފައިސާ ނުލިބޭނެކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ބުނީ 2022 ވަނަ އަހަރުގެ ބޯނަސް ފައިސާ އެންމެ ލަސްވެގެން 13 އޮގަސްޓް 2023 ގެ ކުރިން މުވައްޒަފުންގެ އެކައުންޓަށް ޖަމާވާނެކަމަށެވެ. އެމްއޭސީއެލްއަކީ އަބަދުވެސް މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ބޮޑު އަދަދެއް ދެމުން އަންނަ ކުންފުންޏެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.