Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

12 Aug 2023
ޚަބަރު

ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދު: ރައީސުލްޖުމްހޫރިއްޔާ

ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާޙްކުރުމަށް އިއްޔެ ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔެ މިއަދު މިދެކޭ ހަލުވި ކުރިއެރުމުގެ އަޞްލަކީ ޑިޖިޓަލް އިޤްތިޞާދުކަމަށާ، ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް، ވިޔަފާރީގެ މުޢާމަލާތްތައް ހިނގަމުން އެދަނީ އެއްވެސް ހުއްޓުމެއް، މެދުކެނޑުމެން ނެތިކަމަށެވެ. ޑިޖިޓަލް މުވާޞަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައްވެސް، ދެ އިނގިލިހާ ކައިރިކޮށްދީފިކަމަށާ، ނަމަވެސް، މިއަދާ ހަމައަށް ރާއްޖެއޮތީ، އެ ދުނިޔެއަށް މުޅިން ނުވަދެވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޙަޤީޤަތުގައި މިއީ މީގެ އެތައް އަހަރެއް ކުރިން ދިވެހިންނަށް އަލިވިލެންވީ ދުވަހެއް. ކައިރީގައި މި އޮތް ދޫނިދޫގައި ބެހެއްޓި ވަޔަރލެސް ސެޓަކުން ރާއްޖޭގައި މުވާޞަލާތީ ޚިދުމަތް ފެށިތާ މިއީ 80 ވަނަ އަހަރު. ރާއްޖޭގައި އިންޓަރނެޓް ތަޢާރަފް ކުރި ފަހުން 27 އަހަރު ފުރިއްޖެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާ އެއް ހަމައެއްގައި ފައި ހަމަކުރުމަކީ، އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭ ކަމެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ 80 އަހަރުގެ ތެރޭގައި، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރައިގެން ދިޔަ އެއް ދާއިރާއަކީ ޓެކްނޮލޮޖީ އާއި މުވާޞަލާތުގެ ދާއިރާކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އިންސާނުން އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް، އިންސާނުން ފަހައި ދުވަމުން ދާއިރު، ދިވެހިން އަދިވެސް ދުވަންޖެހިފައި މިއޮތީ، އިންޓަރނެޓް ސްޕީޑާއި މޯބައިލް ރޭންޖުގެ ފަހަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެއީ އުފެއްދުންތެރި އީޖާދީ ވިސްނުން ހުރި ދިވެހިންނަށް ޙައްޤު މިންވަރެއް ނޫންކަމަށާއި، ޑިޖިޓަލް ދުނިޔޭގެ ދުވެލީގައި ދިވެހިން ކުރިއަރައި ގޮސް، ޙައްޤު މިންވަރު ލިބެން އޮތީ، ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ނިޒާމެއްގެ ތެރެއަށް މި ޖަޒީރާތައް ވަދެ ލާމެހިގެންކަމަށެވެ. އަދި ދިވެހި ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ އޯޝަން ކަނެކްޓް މޯލްޑިވްސް އުފެއްދުމުގެ މަޤްޞަދަކީ އެއީކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ކުރުމަށްކަމަށާ، މި ޒަމާނުގެ އިޤްތިޞާދީ ނާރެހަކީ، އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީކަމަށެވެ. އަދި ރާއްޖެ ބައިނަލްއަޤުވާމީ ފައިބަރ ކޭބަލްއަކާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެވެސް ބިންގާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއެޅުނީ، ބައިނަލްއަޤުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫޢަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާ ގުޅައިލެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.