Advertisement

ފޮޓޯ: ހެލްތް މިނިސްޓްރީ

12 Aug 2023
ޚަބަރު

4 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ބިން ހަވާލުކޮށްފި

4 ރަށެއްގައި ތަރައްޤީކުރާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ. ބިން ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ތުލުސްދޫ، މިލަންދޫ، ވެލިދޫ އަދި ފުނަދޫ އެވެ.

މި ތިން ރަށުގެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަވާލުކުރައްވާފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މިރަށްރަށުގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. މި 3 ހޮސްޕިޓަލްގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައި ދޮޅުއަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރާގޮތަށެވެ.

ބިން ހަވާލުކުރި ފުނަދޫގެ ހޮސްޕިޓަލް ތަރައްޤީކުރަނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެޒިންކް ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި 135 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދޮޅު އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ބޭސްފަރުވާ ހޯދަން މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. އެހެންކަމުން އަތޮޅުތެރޭގައި ސިއްހީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުތަކާއި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ހިންގި އެކި މަޝްރޫޢުތަކުގެ ތެރެއިން ވިއްސަށްވުރެ ގިނަ މަޝްރޫޢުގެ މަަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.