ޚަބަރު
08 Aug 2023
ޚަބަރު
މަޑަވެލީގައި ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ޢަމަލުތައް އެމްޑީޕީން ކުއްވެރިކޮށްފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކެމްޕެއިން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނެއް ކުރިއަށްދާ ވަގުތު އެ ކެމްޕެއިނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގުމަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން މަނާކަމެއްކަމުން، މިފަދަ ކަންކަމުން ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ހުއްޓައިލުމަށާއި، އެ ބައެއްގެ ކެންޑިޑޭޓުގެ ކެމްޕެއިން މަސައްކަތައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރާކަމަށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
08 Aug 2023
ޚަބަރު
އޭޑީކޭގެ "ކާޑިއަކް ވޯކްޝޮޕް 2023" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައްޓަވައިދެއްވައިފި
މިވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.
08 Aug 2023
ޚަބަރު
އާބަންކޯގެ ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވައިފި
އާބަންކޯއިން ބުނީ، އެކުންފުނީގެ އަމާޒަކީ، އެކުންފުނީގެ ޚިދުމަތްތައް އިތުރަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ތަޖުރިބާއެއް ލިއްބައިދެވޭ ސެންޓަރަކަށް އެސެންޓަރު ހެދުންކަމަށެވެ. އަދި އަރބަން ސެންޓަރު ހުޅުވުމުގެ މަޤްސަދަކީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، އޮންލައިންކޮށް ޚިދުމަތް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ޚިދުމަތް ހޯދޭނެ ގޮތް މަގުފަހިކޮށްދިނުންކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
08 Aug 2023
ޚަބަރު
ކުޑަހުވަދޫ ފެނަކަ އޮފީހާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. އަދި، އެމަނިކުފާނު ވަނީ ދ. ކުޑަހުވަދޫއަށް ވަޑައިގެންނެވުމުގެ ކުރިން އިއްޔެ ދ. މާއެނބޫދޫއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފައެވެ.
08 Aug 2023
ޚަބަރު
ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްދޭން ސަރުކާރުން ނިންމައިފި
މި ސަރުކާރުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށް، ގެދޮރުވެރިޔާގެ ސްކީމަށް ޝަރުތުހަމާ އެންމެންނަށް ފެލެޓު ދޭން ސަރުކާރުން ނިންމައިފި އެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1,200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2,800 ހައުސިންގ ޔުނިޓެވެ.
08 Aug 2023
ޚަބަރު
ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމަވައިފިއެވެ.
08 Aug 2023
ޚަބަރު
މަޑަވެލީގައި ސަރުކާރުން ހިންގި 2 މަޝްރޫއެއްގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެރަށު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
07 Aug 2023
ޚަބަރު
ދ. އަތޮޅުގައި ނިމިފައިވާ ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވައިފި
މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވީނަމަވެސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. ދ. މީދޫގައި، ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ. މި މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ.
07 Aug 2023
ޚަބަރު
މުއިއްޒުއާއި ގާސިމްގެ ފޯމު އީސީއަށް ހުށައަޅައިފި
މުއިއްޒުއާއި ގާސިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
07 Aug 2023
ޚަބަރު
ސައުދީން ރާއްޖެއަށް އޮންއެރައިވަލް ވިސާ ދޭން ފަށައިފި
ކުރިއާލާ ވިސާ ނެގުމާ ނުލާ ދިވެހިންނަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް އީ-ވިސާ އަދި އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.
07 Aug 2023
ޚަބަރު
ރައީސް ޔާމީނު އަތުން 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ކޯޓަށް މައްސަލަ ވައްދައިފި
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނަންބަރު 698/ސީއާރްސީ/2021 ޤަޟިއްޔާއިން މއ.ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވުނު ޙުކުމުގެ ދަށުން ދައްކަންޖެހޭ 5،000،000 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ޙުކުމުގައި ބުނާ މުއްދަތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކާފައި ނުވާކަމަށެވެ. އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާއެއްގޮތަށްވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ފައިސާ ދައްކާފައިނުވާކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
07 Aug 2023
ޚަބަރު
ރައީސް ޞާލިޙްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި
އެކޮމިޝަނުގެ ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ވަނީ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ.
07 Aug 2023
ޚަބަރު
އެންމެފަހު ވަގުތަށް ކެންޑިޑެންސީ ހުށައެޅުން ލަސްނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އެދިވަޑައިގެންފި
ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މިއަދުުގެ 14:00އަށް ހަމަވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނަށް ހުށައަޅާފައި ވަނީ، 4 ފަރާތަކުން ފާހަގަކުރައްވައި ޙަބީބު ވިދާޅުވީ، އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މިއަދުގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވައި އެޕްލިކޭޝަންތައް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.
06 Aug 2023
ޚަބަރު
ރައީސް ޞާލިޙް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައި: އެޑިޔުކޭޝަން މިނިސްޓަރ
އެޑިޔުކޭޝަން މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ މުދައްރިސުންނަކީ އަސްލުގައިވެސް ގައުމީ ބިނާވެރީންކަން އަމަލީގޮތުން ދައްކުވައިދެއްވާފައިކަމަށާއި ނަންވެ، ކަންވެސް ވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ދައްކުވައިދެއްވާފައި ކަމަށެވެ، އެހެންކަމުން އެކަމަނާގެ އެދުމަކީ، ކޮންމެ ބޭފުޅަކީވެސް މުދައްރިސުންނަށް ހައްގު އިހުތިރާމު އަދާކުރައްވާ، ގަދަރު ދެއްވާ، ކަމޭ ހިއްތަވާ ބޭފުޅަކަށް ވުންކަމަށާއި، ހަމަ އެގޮތަށް، އެދުރުންނަކީ މުޖުތަމައު ބަލައިގަންނަ، އިހުތިރާމުކުރާ، ގަދަރުވެރި ބައެއްގެ ގޮތުގައި ވުން ކަމަށެވެ.
06 Aug 2023
ޚަބަރު
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފާރިޝް މައުމޫން ރިޔާސީ އިންތިޚާބަށް ނުކުންނަވައިފި
ޕީޕީއެމްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެއްދެވުމުގައި ރައީސް މައުމޫނާއި ފާރިޝް މައުމޫނު މުހިއްމު ދައުރެއް އަދާކުރެއްވިއިރު، ނާޖާއިޒް ނުފޫޒާއ ބާރުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީނު ޕީޕީއެމްގެ ކޮންޓްރޯލް ނަންގަވައި، ޕީޕީއެމްއިން އެބޭފުޅުން ބޭރުކޮށްލެއްވުމުން، މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި، 2018ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ހަރަކާތެއް ހިންގެވިއެވެ. އަދި ފަހުން މޯލްޑިވުސް ރިފޯމް މޫވްމެންޓްގެ ނަމުގައި، ސިިޔާސީޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސެއްގެ ގޮތުން އެޕާޓީ ހިންގަވަމުން ގެންދެވީވެސް ފާރިޝް މައުމޫނެވެ. އެހެން ނަމަވެސް އެޕާޓީގައި 3000 މެމްބަރުން ހަމަނުވާތީ، އެޕާޓީ އުވާލަން ނިންމައި އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުން އިލެކްޝަންސް ކޮމިޝަނުން ވަނީ މަނާކޮށްފައެވެ.
06 Aug 2023
ޚަބަރު
ސްޕްރީމް ކޯޓުގެ ޙުކުމުން ރައީސް ޔާމީނުގެ ޙައްޤު ނިގުޅައިގަތްކަން ޤަބޫލު ނުކުރާކަން ޕީޕީއެމް ސެނެޓުން ހާމަކޮށްފި
ރައިސް ޔާމީން ރިޔާސީ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމާއި ޚިލާފަށް، ޕީޕީއެމް ސެނެޓުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، މިއަދު ވޯޓުނަގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ. ވަރަށް ބޮޑަށް ހޫނުވެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތައް ހިނގި އެ ބައްދަލުވުމުގައި ބައިވެރި 126 ސެނެޓަރުންގެ ތެރެއިން، 67 ސެނެޓަރުން ވޯޓުދެއްވީ، އިންތިޚާބުގައި ވާދަކުރުމަށް ފެންނަ ކަމަށެވެ. އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރުމަށް ތާއީދުކުރި ސެނެޓަރުންނަކީ، މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ، މާލޭގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒުއަށް ތާޢީދު ނުކުރާ ފަރާތްތައް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.