Advertisement

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް --

07 Aug 2023
ޚަބަރު

ރައީސް ޔާމީނު އަތުން 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ކޯޓަށް މައްސަލަ ވައްދައިފި

ސިވިލްކޯޓުގެ ޙުކުމާއި އެއްގޮތަށް، ދައްކަންޖެހޭ ޖޫރިމަނާ ފައިސާ، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ދައުލަތަށް ދައްކާފައި ނުވާތީ އެފައިސާ ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސިވިލްކޯޓަށް މައްސަލަ ވައްދައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނަންބަރު 698/ސީއާރްސީ/2021 ޤަޟިއްޔާއިން މއ.ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރެވުނު ޙުކުމުގެ ދަށުން ދައްކަންޖެހޭ 5،000،000 (ފަސްމިލިއަން) ޔޫއެސް ޑޮލަރު ޙުކުމުގައި ބުނާ މުއްދަތުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައްކާފައި ނުވާކަމަށެވެ. އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއިން އެ ފައިސާ ދެއްކުމަށް އަންގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފޮނުވި ނޯޓިސްއާއެއްގޮތަށްވެސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ފައިސާ ދައްކާފައިނުވާކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައި ވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، އެފައިސާ ރައީސް ޔާމީނު ދައްކަވާފައި ނުވާތީއާ އަދި ދައްކަވަންޖެހޭ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކްރިމިނަލް ކޯޓުގެ ޙުކުމުގައި ދައްކަން އަންގާފައިވާ ފައިސާ ހޯދުމަށް، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަންޑާރަ ނައިބުގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައެޅި މައްސަލައިގައި، އެކޯޓުން ނިންމާފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީނުގެ ޝަރުޠު ފުރިހަމަ ނުވާކަަމަށް ކަނޑައެޅީ ރަނގަޅަށް ކަމަށެވެ. އަދި ރައީސް ޔާމީނު ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ 5 މިލިއަން ޑޮލަރަކީ، ސާބިތު ދަރަނި ކަމުގައިވެސް ކޯޓުން ކަނޑައަޅާފައިވެއެވެ. އެ ފައިސާ އާއި ގުޅޭ ގޮތުން ރައީސް ޔާމީނު ވިދާޅުވީ، ފައިސާ ނުދައްކަވާ އޮތީ ފައިސާ ނުދައްކާންވެގެން ނޫން ކަމަށާއި، ފައިސާ ދައްކަންޖެހޭ އެންމެ ފަހު މުއްދަތަކީ ކޮބައިކަން އެނގިވަޑައި ނުގަންނަވާތީ ކަމުގައެވެ.

ރައީސް ޔާމީނު ފަސްމިލިއަށް ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ ތެރޭގައި އެފައިސާ ދައުލަތަށް ދެއްކުމަށް އަންގައި ކްރިިނަލްކޯޓުން ޙުކުމް ކުރީ، 22 ޑިސެމްބަރު 2022ގައެވެ. އެހުކުމައި ބަޔާންކޮށްފައިވާ 6 މަސްދުވަހުގެ މުއްދަތު ހަަމަވީ، 22 ޖޫން 2023ގެ ނިޔަލަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.