Advertisement

އާބަންކޯ ސަރވިސް ސެންޓަރު ހުޅުވުން -- ފޮޓޯ: އާބަންކޯ

08 Aug 2023
ޚަބަރު

އާބަންކޯގެ ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވައިފި

އާބަންކޯގެ ކަސްޓަމަރ ސަރވިސް ސެންޓަރު، ހުޅުމާލެ ސެންތްރޯ މޯލްގެ ގްރައިންޑް ފްލޯގައި މިއަދު ހުޅުވައިފިއެވެ.

މިއަދު މިސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު އާތިފްއެވެ. 

އާބަންކޯއިން ބުނީ، އެކުންފުނީގެ އަމާޒަކީ، އެކުންފުނީގެ ޚިދުމަތްތައް އިތުރަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ތަޖުރިބާއެއް ލިއްބައިދެވޭ ސެންޓަރަކަށް އެސެންޓަރު ހެދުންކަމަށެވެ. އަދި އަރބަން ސެންޓަރު ހުޅުވުމުގެ މަޤްސަދަކީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، އޮންލައިންކޮށް ޚިދުމަތް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ޚިދުމަތް ހޯދޭނެ ގޮތް މަގުފަހިކޮށްދިނުންކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި އަރބަން ސެންޓަރަކީ، އަރބަންކޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެގޮތަށް ފަރުމާކުރެވިފައިވާ ސެންޓަރެއް ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ހުޅުމާލެއަކީ، ގްރޭޓާ މާލެ ސަރަހައްދުގެ އެންމެ އާބާދީ ބޮޑު ރަށަށް މިހާރުވެފައި ވާއިރު، ހުޅުމާލޭގެ ހުރިހާކަމެއް ބެލެހެއްޓުން ސަރުކާރުން ހަވާލުކޮށްފައި އޮންނަނީ އާބަންކޯއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.