Advertisement

އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިންތަކެއް. ފޮޓޯ: ސޯސަލް މީޑިއާ

07 Aug 2023
ޚަބަރު

ސައުދީން ރާއްޖެއަށް އޮންއެރައިވަލް ވިސާ ދޭން ފަށައިފި

ކުރިއާލާ ވިސާ ނެގުމާ ނުލާ ދިވެހިންނަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ. އޮންއެރައިވަލް ވިސާ ނުވަތަ ދުރާލާ ވިދާ ނެގުމަކާނުލައި ސަޢުދިޢަރަބިއްޔާއަށް ދަތުރުކުރެވޭނެ އިތުރު 8 ޤައުމެއް، ސަޢުދީ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ، އަލްބޭނިއާ، އަޒަރްބައިޖާން، ޖޯޖިއާ، ކިރިގިސްތާން، ސައުތް އެފްރިކާ، ތަޖިކިސްތާން އަދި އުޒްބަކިސްތާންއެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް ދިއުމަށް އީ-ވިސާ ވެސް މިހާރު ދޫކުރަން ނިންމާފައިވާކަމަށްވަނީ އެ ގައުމުގެ ސަރުކާރުން އާންމުކޮށްފައެވެ. އެގޮތުން އީ-ވިސާ އަށް އެދި ހުށަހަޅަންޖެހެނީ ވިޒިޓް ސައުދީ ވެބްސައިޓް މެދުވެރިކޮށެވެ.

އޮން އެރައިވަލް ވިސާ އަދި އީ-ވިސާ ފަތުރުވެރިކަމުގެ ބޭނުމާއި، އުމްރާގެ އަޅުކަމާއި، ވިޔަފާރީގެ ބޭނުންތަކަށާއި އަދި އާއިލާއާއި ރަހުމަތްތެރިންނަށް ޒިޔާރަތްކުރުމަށް ދޫކުރާނެކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ވަޒީފާގެ ބޭނުމާއި، ތަޢުލީމަށް ދަތުރުކުރުން ފިޔަވާ އެހެން ބޭނުންތަކުގައި އޮން އެރައިވަލް ވިސާ ސައުދީއަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާނެއެވެ.

މި ވިސާގެ މުއްދަތަކީ ވިސާ ދޫކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހެވެ. އަދި މި ވިސާގެ މުއްދަތުގައި ގިނަވެގެން 90 ދުވަހު އެ ގައުމުގައި ހޭދަކުރެވޭއިރު, ބޭނުން ވަރަކަށް ގައުމުން އެތެރެވެ ބޭރުވެ ހެދޭނެއެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް އަހަރުގެ އެކި ދުވަސްވަރުގައި ދިވެހިން ސައުދީއަށް ދަތުރުކުރަމުން އަންނައިރު މީގެ ސަބަބުން އެ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ސަޢުދީއިން ވަނީ، މިކަމުގައި އާއްމުން ސަމާލްކަންދޭންޖެހޭ އިތުރު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޮން އެރައިވަލް ވިސާގައި އެތެރެވާ މީހުން، ވިސާގެ މުއްދަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. އަދި އޮންއެރައިވަލް ވިޒާގައި އެ ޤައުމަށް އެތެރެވާ މީހުން، އާމްދަނީއަށް ވަޒީފާ އަދާކުރުމަކީ މަނާކަމެއްކަންވެސް ސަޢުދީ ސަރުކާރުން ވަނީ ހަނދާންކޮށްދީފައެވެ. ސަޢުދީ ސަރުކާރުން ބުނީ، ޙައްޖުގެ އަޅުކަމަށް ވިސާ ނަގައިގެން ދަތުރުކުރާ މީހުން، ވަކިން ޢުމްރާ އަދާކުރުމުގެ ހުއްދަވެސް ނޯންނާނެކަމަށެވެ. ސަޢުދީގެ މި ނިންމެވުމާއި ގުޅީގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ، ސަޢުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާނަށާއި، ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަލްޚަތީބަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.