މިދިޔަ ފަސްއަހަރަކީ، ފުރިހަމަ މާނައިގައި މިނިވަންކަން ޤާއިމްވެފައި އޮތް ފަސްއަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިދައުރުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ މިނިވަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، މި ފަސްއަހަރަކީ، ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު.ކަމަށާއި، ޚާރިޖީ މިނިވަންކަންވެސް އެންމެ ވަރުގަދަ ފަސް އަހަރުކަމަށެވެ. އަދި މިއީ ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު، އަދި ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.