Advertisement

މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން --

28 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން އުފާ ކާނިވަލް ހުޅުވުން ފަސްކޮށްފި

ދިވެހިރާއްޖޭގެ 59ވަނަ މިނިވަން ދުވަހާއިގުޅުވައިގެން، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އާބަންކޯ ގުޅިގެން މިރޭ ހުޅުމާލެ ސެންޓަރަލް ޕާކުގައި ފެށުމަށް ހަމަޖައްސާފައިވާ "މިނިވަން އުފާ" ކާނިވާ މުައްދަތެއް ނެތި ފަސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނީ ކާނިވާ ފަސްކޮށްފައި ވަނީ، މިހާރު މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއި ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

ރެއިން ފެށިގެން މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ ސިއްޙީޚިދުމަތްދޭ ތަންތަނަށް ވަނީ ނުކަތާފައެވެ. މިގޮތުން ސަރުކާރުގެ މައި ހަސްފަތާލު އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލައި ހުޅުމާލެ ހޮސްޕިޓަލްގެ އީއާރްގެ ޚިދުމަތްކަށް އޮބި ނޯންނަވަރަށް ބަލިމީހުން އަންނަމުންދާ ކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ، ކާނިވާ ހުޅުވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެ ކަމަށެވެ.

Imran Abdulla on Twitter: "ބޭރަށް ހިންގުމާ ހޮޑުލުން އިތުރުވަމުންދާތީ @HPA_MV ގެ ލަފާގެމަތިން، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ރާވާފައޮތް ކާނިވަލް ހުޅުވުން ފަހުގެ ތާރީޚަކަށް ފަސްކޮށްފިން. މިހާލަތުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދަށް ތަބާވުން އެދެން." / X

މިނިވަން ދުވަހުގެ ކާނިވާ ފަސްކުރިކަން އިއުލާނު ކުރައްވައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބުދުﷲ ކުރެއްވި ޓްވީޓެއްގައި ވަނީ، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއާ ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމަށް އެދިވަޑައިގެންފައެވެ.

މިނިވަން އުފާ ކާނިވަލް ފެށުން ފަހުވަގުތު ކެންސަލް ކުރަން ޖެހުނު އިރު އެކާނިވާ މިރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތަައް އޮތީ މުޅިހެން ނިމިފައެވެ.

މިނިވަން އުފާ ކާނިވަލް ހުޅުވުން ފަސްކުރުމާއި އެކު މިރޭ ބޭއްވުމަށް ހަމަޖައްސާފައި އޮތް ހަވާ އެރުވުމާއި ޑްރޯން ޝޯވ އާއި ޕެރަމޮޓޯ ހަރަކާތްވެސް ވަނީ ކެންސަލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.