ޚަބަރު

ދުނިޔޭގެ އިޤްތިޞާދު ހުއްޓިފައި އޮތަސް ރާއްޖޭގެ މަޝްރޫއުތައް ކުރިޔަށް ދިޔަ: މެންބަރު ޢީސަ

މިދިޔަ ސަތޭކަ ވަރަކަށް އަހަރު ތެރޭގައި ދުނިޔެއަށް އައި އެންމެ ބޮޑު ލޮޅުން ކަމުގައިވާ، ކޮވިޑް-19 ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ، ޤައުމުތަކުގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، ދުނިޔޭގެ އާބާދި ފުރާނައިގެ ބިރުވެރިކަމެއްގެ ތެރޭގައި އޮވެ، ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައި އޮތް ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިވިއެވެ. މުޅި ދުނިޔެއާއި އަދި ރާއްޖޭގެ ހާލަތު ވެސް މިފަދަ ފައްތަރެއްގައި އޮތް ނާޒުކު ވަގުތުގައި ވެސް، ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ހުއްޓުމެއް އަޔަނުދީ އަދި އިޤްތިޞާދަށް ލޮޅުމެއް އެރިޔަ ނުދީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މެދުނުކެނޑި ހިންގެވީ، ރައީސުލް ޖުމްހޫރިއްޔާއަކީ ހަރުދަނާ ލީޑަރެއް ކަމުގައި ވާތީކަމަށް، ކެނދިކޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.

ޚަބަރު
13 Jul 2023
ޚަބަރު
ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭކަންކަން ބަލައިގަންނަ ކަމުގެ އުފާ އިޙްސާސްކުރެވޭ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ގުރައިދޫ ދާއިރާގެ ތިން ރަށަކަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު މެންދުރު، ކ ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
13 Jul 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނަށް ގުރައިދޫ ދާއިރާއަށް ވަޑައިގެންފި
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މާލެ އަތޮޅުގެ ތިންރަށަކަށް ފެއްޓެވި ދަތުރުފުޅުުގައި ވަޑައިގަންނަވާނީ، ގުޅި، ގުރައިދޫ، އަދި މާފުއްޓަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރު އެންމެ ފުރަތަމަ ވަޑައިގެންނެވީ، ގުޅިއަށެވެ. އެރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
12 Jul 2023
ޚަބަރު
އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދީފި
އެކޮމިޝަނުން ބުނީ، " ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ހިމަނާފައިވާ ކަމަށެވެ. އަދި ދަޑިމޮކްރެޓްސްގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ ބައްދަލުވުމެއްވެސް މިއަދު ވަނީ ބާއްވާފައެވެ.
12 Jul 2023
ޚަބަރު
ވިލުފުއްޓާއި ތުޅާދޫ އަދި ބިލެތްފަހީގައި އަޅާ އެއާޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފި
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއެކޮށްފައި ވަނީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންއާއެކުގައެވެ. މިއެއްބަސްވުމުގައި، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވަރާޖާ މަނިވައްނަންއެވެ.
12 Jul 2023
ޚަބަރު
އާރްޑީސީގެ މައްސަލަ ނުބަލަން އެންގެވިކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި
ފުލުހުންގެ އިދާރާއިން ބުނީ، އާރުޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މަޢުލޫމާތެއް، ތަހުގީގުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ދިޔަރެސް ނޫހާއި ހިއްސާކޮށްފައި ނުވާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
12 Jul 2023
ޚަބަރު
އަނެއްކާވެސް ފުވައްމުލަކު ކުނިގޮނޑުގައި ރޯވެއްޖެ
އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ސިޓީ ވެމްކޯ ކުނިއަޅާސަރަހައްދުގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ކުނިގޮނޑުގައި އަލިފާން ރޯވި ސަބަބެއް ނޭނގެއެވެ. ފުވައްމުލަކު ކުނި ގޮނޑުގައި ހޯމަ ދުވަހުވެސް ވަނީ ރޯވެފައެވެ. އެދުވަހުވެސް ރޯވެފައި ވަނީ މެންދުރު ފަހުގެ ވަގުތުގައެވެ. ފުވައްމުލަކު ކުނި ގޮނޑުގައި ދޭތެރެ ދޭތެރެއިން އަލިފާން ރޯވާން ދިމާވާއިރު އެކަމުގެ ސަބަބާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
12 Jul 2023
ޚަބަރު
ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 7 ވަނަ ބައްދަލުވުން ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިބައްދަލުވުމުގައި ވަނީ 2022 މާރިޗު 9އިން 10އަށް ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 5 ވަނަ ބައްދަލުވުމާއި 2022 ޖުލައި 7 ގައި ބޭއްވި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 6 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެކި ދާއިރާތަކުން ކުރިޔަށްގެންގޮސްފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނާއި 2023-2024ގައި ކުރިޔަށްގެންދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިިއްޔާގެ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން ވަނީ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން އަންނަ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމުގައި އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
12 Jul 2023
ޚަބަރު
ބޭސްފަރުވާއަށް ކުރީގެ ނައިބު ރައީސް އަޙްމަދުު އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފި
އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ އެމްޓީޑީން ހާމަކޮށްފައިވާ ގޮތުގައި އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފައި ވަނީ ރޭގައެވެ. އެޕާޓީން ބުނެފައި ވަނީ އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ އާލާސްކަންފުޅަަކަށެވެ. އަދި ބޭސްފަރުވާއަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައި ވަނީ، ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެއްދެވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުއްދަ އާއެކުގައެވެ. ކަރެކްޝަންސްއިން އަދީބަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދަ ދެއްވާފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ. އަދި އަދީބާއިއެކު ސެކިއުރިޓީންވެސް ވަނީ ފޮނުވާފައެވެ.
11 Jul 2023
ޚަބަރު
ސަރުކާރުން މާލޭގައި ތަރައްޤީކުރާ އިސްރަށްވެހިންގެ މަރުކަޒު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ
އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒެއް ޤާއިމްކުރައްވައި، މޫނިފޫހި ފިލުވުމާއި، އެނޫންވެސް ޚިދުމަތްތައް އުމުރުން ދުވަސްވީ މީހުންނަށް ލިބޭނެ މަރުކަޒެއް ޤާއިމްކުރެއްވުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މީގެ ކުރިން އިޢުލާނުކުރައްވާފައެވެ. އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ކުރިޔަށްދަނީ އެމަރުކަޒު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ. އަދި އެފަދަ މަރުކަޒެއް ވަރަށް އަވަހަށް ހުޅުމާލޭގައިވެސް ހުޅުވިގެންދާނެ ކަމަށާއި، އަތޮޅުތަކުގައިވެސް އެފަދަ މަރުކަޒުތައް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
10 Jul 2023
ޚަބަރު
ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ޤާއިމުކުރާ ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ޑިޖިޓަލް ސަރުކާރުގައި ހިމެނޭ މުއައްސަސާތަކުގެ އެޕްލިކޭޝަން ފޯމުތައް މިހާރު ހުންނާނީ ފަސޭހައިން ޚިދުމަތްތަކަށް އެދެވޭނެގޮތަށް ބަދަލުކޮށްފައި ކަމަށާއި، އަދި ހޯދަން ބޭނުންވާ ޚިދުމަތްތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް، އެއް ތަނަކުން ލިބޭނެގޮތް ހަމަޖެހިފައި ވުމުގެ ސަބަބުން ރައްޔިތުންގެ އެތައް ވަގުތެއް ސަލާމަތްކުރެވި، ޚިދުމަތް އަވަސްވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
10 Jul 2023
ޚަބަރު
ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރުން ކޯލިޝަން ދެމެހެއްޓުން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީ އަނެއްކާވެސް އިންތިޚާބަށް ނުކުމެ މިއޮތީ ކޯލިޝަނަކާއި އެކުގައި ކަމަށެވެ. މިގޮތުން އަދާލަތުޕާޓީއާ އެމްޑީއޭއާއެކު އޮތް އެމްޑީޕީގެ ކޯލިޝަނަކީ، ދިވެހިރާއްޖެއަށް ހެޔޮ އެދޭ ކޯލިޝަނެއް ކަމަށާއި، އެކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ދިވެހިރައްޔިތުންނަށް ދެރަގޮތެއް ނޭދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ މިރާއްޖޭގައި އުފެދޭ އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށެވެ.
09 Jul 2023
ޚަބަރު
ހައިވޭއާ ބުރިޖު ލައިޓްކައިރިއަށް އުދައަރާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، ރާއްޖެއަށް މޫސުމީ އުދައިގެ އަސަރުކޮށް ރެޔާ މިއަދު މާލެއަށް އުދައަރާފައި ވަނިކޮށެވެ. އުދަ އެރުމުގެ ސަބަބުން، ހައިވޭ އާއި ސިނަމާލެ ބުރިޖު ގުޅޭ ހިސާބުން، ހުޅުލޭކަންމަތިން ބުރިޖާއި ހައިވޭއަށް ވަނީ ލޮނުއަރައި ގަލާއި ވެލި އެޅިފައެވެ. އަދި މާލޭ ކޮޅުން ސިނަމާލެ ބުރިޖާއި، ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުގައި ޓްރެފިކް ލައިޓްކައިރިން އުދަ އަރައި އެސަރަހައްދަށްވެސް ވަނީ އަކިރިއާ ވެލި އެޅިފައެވެ.
09 Jul 2023
ޚަބަރު
މަރޮށީ ބަނދަރަކީ އުތުރުގެ އެންމެ ފުރިހަމަ ބަނދަރަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ށ. މަރޮއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މަރޮއްޓަކީ އާބާދީ ކުޑަ ރަށަަކަށް ވާތީ އެރަށް އޮތީ ކުރީ ސަރުކާރުތަކުގައި އެކަހެރިކޮށް ބާކީކޮށްފައި ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ވަނީ އަލުން ސިޔާސަތުތަކަށް ބަދަލު ގެނެސް، ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ފަށާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.
09 Jul 2023
ޚަބަރު
ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވުމަށް ރައީސް ވަޢުދުވެވަޑައިގެންފި
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ށ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު، ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިްޔާއާ އެމަނިކުފާނުގެ ޓީމް ކޮމަންޑޫއަށް ވަޑައިގެންނެވުމުން ކޮމަންޑޫގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮމަންޑޫއާ ގާތުގައި އޮތް ކުޑަފަރުގައި އެއާޕޯޓެއް ތަރައްޤީވެގެން ދިޔުމަކީ ކޮމަންޑޫގެ ރައްޔިތުން އެކަމަށް އެދި ތިިބިކަމެއް ކަމަށެވެ.
09 Jul 2023
ޚަބަރު
ދެކޮމަންޑޫގެ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަަލަށް ނިމޭނެ ކަމުގައި ރައީސްވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ށ އަތޮޅަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި މިއަދު ކޮމަންޑޫއަށް ވަޑައިގެން ކޮމަންޑޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން އަލަށް ގެންނަ ޑްރެޖަރު ވަރަށް އަވަހަށް ހއ އިހަވަންދޫއަށް ބަނދަރު ކުރާނެ ކަމަށާއި، އެރަށުގެ ބިންހިއްކުމަށް ހޭދަވާނީ 9 ދުވަސް ކަމަށެވެ. އަދި ޖުލައި މަހުގެ ފަހު ހަފްތާގައި އެ ޑްރެޖަރު އޮންނާނީ ކޮމަންޑޫގައި ކަމަށްވެސް ރައީސް ވިދާުޅުވިއެވެ.
09 Jul 2023
ޚަބަރު
ކެމްޕޭން ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ވަޑައިގެންފި
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަސްމީ ކެމްޕޭން ފަށާނީ ށ. ފޯކައިދޫއިންނެވެ. މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި، ށ.އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެއެވެ. މިގޮތުން، ކޮމަންޑޫ، ނޫމަރާ، އަދި މަރޮއްޓަށް އެމަނިކުފާނު ވަޑައިގެން އެރަށްރަށުގައިވެސް ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.