ޚަބަރު
ޚަބަރު
05 Jul 2023
ޚަބަރު
ރ އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގައި ބެޓެރީއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެ
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް އެމްއާރްސީސީއަށް ލިބިފައި ވަނީ މިއަދުގެ 16:00 ހާއިރުގައި ކަމަށެވެ. ހާދިސާ ހިނގީ މާލެ އަތޮޅުތެރެއިން ކަމަށާއި، އެލޯންޗު އޭރު އޮތީ އެރިޔަދޫ ރިސޯޓާއި ގާތުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ހާދިސާ ހިނގި ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރު އެދިމާއަށް ދަތުރުކުރަމުންދާކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހާރު އެލޯންޗް އޮތީ އެރިޔަދޫ ރިޒޯޓް ފަޅުގައެވެ.
05 Jul 2023
ޚަބަރު
ޕާސްޕޯޓުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކޮށްފި
އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް, ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން އިތުރު ބަދަލުތަކެއް ގެނައުމަށް ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސެއިން ނިންމަވައިފިއެވެ. މިކަން އިއުލާން ކުރެއްވީ ކޮންޓްރޯލަރ ކުރެއްވި ޓުވީޓެއްގައެވެ.
04 Jul 2023
ޚަބަރު
ރާއްޖޭގެ އަމިއްލަ ފަރާތަކުން ހިންގާ ފުރަތަމަ ވޮކޭޝަނަލް ކޮލެޖްގެ މަޤާމު އެމްއައިޓީއަށް ލިބިއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ، އެ މަރުކަޒަށް ކޮލެޖެއްގެ ދަރަޖަ ދީ، މަރުކަޒުގެ ރަޖިސްޓަރީ ހަވާލުކުރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނޫރު މާލަމުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެމް.އައި.ޓީގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ. އެމްއައިޓީ ކޮލެޖެއްގެ ގޮތުގައި ރެޖިސްޓްރީކޮށް، އެ ރަޖިސްޓްރީ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމާއި ޙަވާލުކޮށްދެއްވީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ޙަސަނެވެ.
04 Jul 2023
ޚަބަރު
ރާއްޖޭގައި އޮތް 9 ސިޔާސީ ޕާޓީގެ ތެރެއިން ދިހަހާސް މެމްބަރުން ހަމަވަނީ 4 ޕާޓީއެއްގައި
ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެތެރެއިން، އެންމެ ގިނަ މެމްބަރުން ތިބީ އެމްޑީޕީގައެވެ. އެޕާޓީގައި، 58،035 މެމްބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ، ޕީޕީއެމްގައެވެ. އެޕާޓީގައި 38،831 މެމްބަރުން އެބަތިއްބެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގައި، 22،705 މެމްބަރުން ތިބި އިރު، އެމްޑީއޭގައި ތިބީ، 10،227 މެމްބަރުންނެވެ. ޤާނޫނުގައި ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދެވޭނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
04 Jul 2023
ޚަބަރު
އީދު ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި 22 އަހަރުގެ އެޒުވާނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. ހައްޔަރު ކުރި އެ ޒުވާނާއަކީ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
04 Jul 2023
ޚަބަރު
ހުޅުމާލޭ ހޮސްޕިޓަލްގައި އައިސީޔޫ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިއަދު އެސްޓީއޯ ހެޑްއޮފީހުގައެވެ. މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ،  އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ސަޢީދެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ، އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސަޢީދެވެ. 39 މިލިޔަން ރުފިޔާގެ މިމަޝްރޫޢު ނިންމުމަށް އެސްޓީއޯއަށް ދީފައި ވަނީ 204 ދުވަހުގެ މުއްދަތެކެވެ.  ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު އައިސީޔޫގެ ޚިދުމަތް ދެވެން ނެތުމާއި އެކު އައިސީޔޫގައި ފަރުވާދޭންޖެހޭ ބަލިމީހުންނާއި ކުޑަކުދިން އެހޮސްޕިޓަލުން ފޮނުވަނީ އެހެން ހޮސްޕިޓަލްތަކަށެވެ.
03 Jul 2023
ޚަބަރު
ދެބުރި މިސްކިތް ކައިރީ ހިނގި އެކްސިޑެންޓާއި ގުޅިގެން ސައިކަލް ދުއްވި ޒުވާނާ ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ސައިކަލް ދުއްވި ޒުވާނާ ކަމަށެވެ. އޭނާއަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ. މިއެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، އެރޭގެ 5:01ގައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓްގައި އަނިޔާވީ އެމްއެންޔޫގެ ލެކްޗަރަރ އަކަށެވެ. އޭނާގެ ޙާލަތު ވަރަށް ނާޒުކުކަމަށާއި، އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
03 Jul 2023
ޚަބަރު
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި
ދަ ޑިމޮކްރެޓްސްއަކީ ސީދާ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީ ޓިކެޓެއް ދެއްވުމަށް އުފައްދަވާ ޕާޓީއަކަށްވާއިރު، އެޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމުން، އެމްޑީޕޫގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކިފެކްޝަނެއް އުފައްދަވައިގެން އުޅުއްވި ބޭފުޅުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެޖަލްސާ އޮންނާނީ، މިހިނގާ ޖުލައިމަހުގެ 5 ވާ ބުދަދުވަހުގެ ރޭ، 8:30ގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހޯލުގައެވެ. ސިޔާސީ ޕާޓިއެއް އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއެ ހަމަކޮށްފައިވާތީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން، އެޕާޓީގެ މަސްޢޫލުވެރިޔާ ޙަސަން ލަޠީފަށް ދެއްވާފައި ވަނީ އިއްޔެއެވެ.
03 Jul 2023
ޚަބަރު
ގިރާވަރުފަޅުން މިހާނަށް 20 ހެކްޓަރުގެ ބިން ހިއްކައިފި
އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅީ ފަޅު ބިންހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިން އުފެއްދުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަނީ، ގިރާވަރު ފަޅުން ހިއްކާ ބިމުންވެސް 2000 ގޯތި ދޫކުރައްވާނެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް ދައުރުގެ ތެރޭގައި ގްރޭޓާމާލެ ކަނެކްޓިވިޓީ ބުރިޖް ގިރާވަރު ފަޅުގައި ތަރައްޤީކުރެވޭ ރަށާއި ވެސް ގުޅިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
02 Jul 2023
ޚަބަރު
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިހާބު އިސްތިއުފާ ދެއްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމަށްފަހުގައި، ރައީސް ނަޝީދާއިއެކު ބައެއް ހަރަކާތްތަކުގައި ޝިހާބު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ރައީސް ނަޝީދަށް ޤާސިމް އިބްރާހިމްގެ ތާޢީދު ހޯއްދަވައި ދެއްވުމަށްވެސް ޝިހާބު މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. މުޙައްމަދު ޝިހާބު މަޤާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުންވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް މުޙައްމަދު ޝިޙާބުގެ މަޤާމް ވަނީ އުނިކޮށްފައެވެ. ޝިހާބު އިސްތިއުފާ ދެއްވި އިރު އެކަމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
02 Jul 2023
ޚަބަރު
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް އޮގަސްޓްމަހު ގޯތިތައް ހަވާލުކުރަން ފަށާނެކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
02 Jul 2023
ޚަބަރު
ސްޕެޝަލް އެތުލީޓުންނަށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
"ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ބައިވެރިވި އެތްލީޓުން ޖުމްހޫރީ މައިދާނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެނެސްފައި ވަނީ ރަސްމީ ޢިއްޒަތުގައެވެ. އަދި އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ގޭޓުން މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި އެދެކަނބަލުން ވަނީ، ވަކިވަކިން އެތުލީޓުންނާއި އިސްތިޤުބާލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ.
02 Jul 2023
ޚަބަރު
ހުކުރު ދުވަހު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހުނު މީހެއް: ފުލުހުން
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ހުކުރު ދުވަހު ފެނުނު މީހާއަކީ، އެގެއަށް ވައްކަން ކުރަން ވަދެ އުޅުނު މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހިގެން ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އެމީހާ މަރުވެފައި ވަނީ ކަރަންޓްގައި ޖެހިގެން ކަމަށާއި، އޭނާއަކީ ވައްކަން ކުރަން އުޅުނު މީހެއްކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި އެމީހާ ވެއްޓިފައި އޮތްތަނުން، ވައްކަން ކުރުމަށް ބޭނުންކުރި ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
02 Jul 2023
ޚަބަރު
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަދީފި
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ. އެހުއްދަ މިއަދު ދެއްވާނެކަން ޢީދު ބަންދު ތެރޭގައިވެސް، ޙަބީބު އޮތީ ވިދާޅުވެފައެވެ.
02 Jul 2023
ޚަބަރު
އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެ
ރޭ ވަރަށް ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ، ނ. ހޮޅުދޫ، އުދަރެސް، ޤާސިމް އިބްރާހީމް (70އ) އެވެ. އޭނާއަކީ މިއަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހެކެވެ. އޭނާ ނިޔާވިކަން އިސްލާމިކް މިނިސްޓްރީންނާއި، ހައްޖުކޯޕަރޭޝަނުންވެސް ކަށަވަރުކޮށްދީފައެވެ. މިއީ މިއަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި 2 ވަނަ މީހާއެވެ. މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ނިޔާވެފައި ވަނީ ރ. މާކުރަތު މީހެކެވެ. ހައްޖުވިލޭރޭއިން ފެށިގެން އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް، 4 ދުވަސް ފަހުން އޭނާ ފެނުނީ، ޖަބަލް ނޫރް ކައިރިއަށް ވެއްޓިފައި އޮއްވައެވެ.
01 Jul 2023
ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ އާތިފާ އަމިއްލައަށް ގެއަށް އަތުވެއްޖެ