Advertisement

އާރްޓީއެލް ފެރީތައް ހުޅުމާލެ ފެރީ ޓަރމިނަލްއިން ފުރުމަށް ތައްޔާރުވެފައި ----

07 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ހުވަދު އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތްފެށުމަށް ތައްޔާރުވެއްޖެ

ހުވަދު އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކުރައްވާފައިވާ ގޮތުގައި، އާރުޓީއެލް ފެރީ ހިދުމަތް ޒޯން 5 (ގއ އަދި ގދ) ގައި ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން ހިދުމަތަށް ބޭނުންވާ 6 ފެރީ ޒޯން 5 އަށް ދިއުމަށް މިއަދު ވަނީ ފުރުވާލާފައެވެ.

މިއަދު މެންދުރު މިފެރީތައް ފުރާފައި ވަނީ، ހުޅުމާލެ ފެރީ ޓާމިނަލުންނެވެ.

އާރްޓީއެލްގެ ޚިދުމަތްދޭ، ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ، އާރްޓިއެލް ފެރީތަކުގެ ތަޖުރިބާކުރުމުގެ ދަތުރުތައް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ހުވަދު އަތޮޅުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި މިމުއްދަތުގައި އާރްޓީއެލްފެރީގައި ދަތުރުކުރައްވާ ފަރާތްތަކުން ޓިކެޓް ގަންނާކަށް ނުޖެހޭނެއެވެ.

އަދި ރަސްމީކޮށް ޓިކެޓްވިއްކައިގެ އާރްޓީއެލްގެ ދަތުރުތައް ހުވަދު އަތޮޅުގައި ފަށާނީ މިޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމުގައިވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

ސްޕީޑް ފެރީތައް ބޭނުންކޮށްގެން މުޅި ރާއްޖެ ގުޅައިލުމުގެ ގޮތުން، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ސްޕީޑް ފެރީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ ތިލަދުއްމަތީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.