ޚަބަރު
ޚަބަރު
12 Jun 2023
ޚަބަރު
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ދިވެހި ސަރުކާރުން ރަސްމީ މަރުޙަބާ ދަންނަވައިފި
ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީ މަރުޙަބާ ދެންނެވުން އޮތީ، މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ޢިއްޒުއްދީން ފާލަމުން އިސްތިޤުބާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާ ސޭޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ޤައުމީ ދިފާއީބާރުގެ ބްރާސްބޭންޑުން ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސޭޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
12 Jun 2023
ޚަބަރު
ދާއިމީ ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާހުށައެޅުމަށް ފުރުޞަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ޙަބީބު ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިހާބުގައި 282،672 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ. އަލި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.
11 Jun 2023
ޚަބަރު
ޢަބުދުއްﷲ ޖަމީލު އަވަހާރަވުމުގެ ހިތާމައިގައި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށާއި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ގޮތުން، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ނިންމަވާފައި ވަނީ، މާދަމާ މެންދުރު ފަހު 1:00އިން ފެށިގެން ޖޫން 15ވާ ބުރާސްފަތު ދުވަހުގެ މެންދުުރު 1:00އަށެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވެވުމަށް ހަމަޖައްސާފައި ވަނީ، މި ޖޫން މަހުގެ 13ވާ އަންގާރަ ދުވަހުން ފެށިގެން 15ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ.
11 Jun 2023
ޚަބަރު
ދައުލަތަށް 54 އަހަރު ޚިދުމަތް ކުރެއްވި ޢަބުދުﷲ ޖަމީލް އަވަހާރަވެ ފަސްދާނުލައިފި
އަބުދުﷲ ޖަމީލުގެ މޫނުފުޅުދެއްކެވުމާއި، ކަށު ނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނުގެ މައްޗަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދުގެ ޢަޞްރު ނަމާދަށް ފަހު ކުރެވުނު ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލް އާއި، ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.
11 Jun 2023
ޚަބަރު
ފުރަމާނަ ދަތުރުފުޅެއްގައި ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފި
ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.
10 Jun 2023
ޚަބަރު
މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވާޖިބެއް: ރައީސް ނަޝީދު
ރައީސް ނަޝީދު ޤާސިމް އިބްރާހީމަށް މަރުޚަބާ ވިދާޅުވި އިރު، ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާ ދިޔައީ ވަރަށް ވަނދުކޮށެވެ. ޖަލްސާއަށް މީހުން ހާޟިރު ނުވެގެން ދޮޅުގަޑި އިރަށްވުރެ ގިނަ އިރު ޖަލްސާ ނުފަށައިވެސް އޮތެވެ. އަދި ވަރަށް މަދު މީސްކޮޅަކާއި އެކު ޖަލްސާ ކުރިޔަށް ގެންދިޔައިރު، ޖަލްސާއިން ފެނިގެން ދިޔައީ ޤާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ މަންޒަރުކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
10 Jun 2023
ޚަބަރު
ފުރަމާނަ ދަތުރުފުޅެއްގައި ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ޖޫން މަހުގެ 11 އިން 14 އަށް ދިވެހިރާއްޖެއަށް ކުރައްވާ 4 ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްް ކަމަށެވެ.
08 Jun 2023
ޚަބަރު
ގައިދީންނަށް ކުރެހުމުގެ ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް ޖަލުގައި ފަށައިފި
އެމްސީއެސްއިން ބުނީ، ދިވެހި އާޓިސްޓުން ތަރައްޤީކުރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވާ މިއުސް އާ ގުޅިގެން ފެށި މި ވޯކްޝޮޕަކީ ހަ ދުވަހަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިއުސް އިން ޤައިދީންނަށް މި ވޯކްޝޮޕް ހިންގައިދެނީ ހިލޭ ސާބަހަށެވެ. އެމްސީއެސްއިން ބުނީ، ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގެ މަޤްޞަދަކީ ޤައިދީންނަށް ޖަލުގައި ދަސްކޮށްދޭ އެކި ހުނަރުތަކުގެ އެހީގައި، ޖަލުން ނިކުތުމަށްފަހު މުޖުތަމަޢަށް ބޭނުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.
08 Jun 2023
ޚަބަރު
ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައް: ނައިބު ރައީސް
އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ޙާއްޞަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
07 Jun 2023
ޚަބަރު
އާސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި
އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވި، މުޙައްމަދު އާތިފަކީ، ބަނގުލަދޭޝްގައި މެޑިސިންގ ދާއިރާއިން ކިޔަވަމުން ދަނިކޮށް މަރުވި، ރައުދާ އާތިފްގެ ބައްޕައެވެ. ރައުދާ އާތިފްގެ މަރާއި ގުޅިގެން ހިންގި ތަޙްޤީޤުތައް އާތިފް ޤަބޫލެއް ނުކުރައްވައެވެެ. އަދި އެކަމުގައި އޭނާ ވަނީ ސަރުކާރަށާއި ފުލުހުންގެ އިސްވެރިންނަށްވެސް ތުހުމަތުތައް ކުރައްވާފައެވެ.
07 Jun 2023
ޚަބަރު
ސްރީލަންކާއާ ދިވެހިރާއްޖެއިން 3 އެއްބަސްވުމެއްގައި ސޮއެކޮށްފި
މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްރީލަންކާގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރާއްޖެ - ސްރީލަންކާ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ސެޝަންގައެވެ. އެއްބަސްވުންތަކުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމް.ޔޫ.އެމް ޢަލީ ޞަބްރީ ބައިވެރިވެވަޑައިގެންނެވިއެވެ.
07 Jun 2023
ޚަބަރު
ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް މީހަކު ހޯދަނީ
ފުލުހުން ބުނީ، މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުންދަނީ ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި އެ މައްސަލައަކީ، ހުޅުމާލޭގައި ހުސްވި މެއި މަހުގެ 21 ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު ހިންގި މާރާމާރީގެ މައްސަލައެވެ. އެމައްސަަލައިގައި މީގެ ކުރިންވެސް ފުލުހުން ވަނީ ބައެއް މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އެމައްސަަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ އިދާރާއިން ހާމައެއް ނުކުރެއެވެ.
07 Jun 2023
ޚަބަރު
ހުޅުމާލެ ފޭސް 2 އާއި ދިމާއިން ބޭރު، މާކަނޑުގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮއްވައި ފެނުނު އެމީހާ އޮތީ، ގިރުވާނު އެޅި އަތްކުރު ކަޅު ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް އަދި ކަޅު ކުލައިގެ ބޫޓަކަށް އަރައިގެން ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ. އެއީ ކާކުކަން އަދި ދެނެގަނެވިފައި ނުވި ނަމަވެސް އެމީހާއަކީ ބިދޭސީއެއްކަމަށް ބެލެވޭކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މަރުވެފައި އޮއްވައި ފެނުނު އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ މީހަކު ވާނަމަ އެކަން ފުލުހުންނާއި ޙިއްޞާ ކުރެއްވުމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.
07 Jun 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި
ރައީސް ނަޝީދުގެ ޢިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޤާމުން ވަކިކުރުމަށް އެމްޑީޕީން ނިންމާފައި ވަނީ މައިގަނޑު 6 ސަބަބެއްގެ މައްޗަށް ރިޢާޔަތް ކުރައްވައިގެންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޢަމަލު ކުރައްވަމުން ގެންދިޔުމާއި، ސަބަބެއް ހާމަ ނުކުރައްވައި މަޖިލީހުގެ ރިޔާސަތު ކޮންމެ ދުވަހަކުވެސް ދޫކޮށްލައްވައި ވަޑައިގެންނެވުމާއި، މެމްބަރުންނާއި މެދު ޒާތީވެ ކަންކަން ކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާ ނުލައި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓުވާފައި އޮތުން ހިމެނެއެވެ.
06 Jun 2023
ޚަބަރު
ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ނިންމީ، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އަދި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރާ ގޮތުގެ ސަބަބުން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ. އަސްލަމް މިހެން ވިދާޅުވީ، މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމަށްފަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ 110 ވަނަ ބައްދަލުވުމުގައި ނިންމެވީ، 36 މެމްބަރުންގެ ވޯޓުން އެކަން ފާސްކޮށްގެން ކަމަށެވެ. އެމްޑީޕީގައި 56 މެމްބަރުން ތިއްބަވާއިރު، މިއަދު ބޭއްވި ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ނެގި ވޯޓުގައި 42 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
06 Jun 2023
ޚަބަރު
އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި “ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް އެމަނިކުފާނު ޒިޔާރަތްކުރެއްވެވިއެވެ. މި ފެސްޓިވަލުގައި ކުނި ރިސައިކަލް ކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.