ޚަބަރު
ޚަބަރު
22 May 2023

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު އާ ހަވާލުކޮށްދެއްވީވެސް ޑިފެންސް މިނިސްޓަރ މާރިޔާއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ޚަބަރު
21 May 2023
ޚަބަރު
ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ރަސްމީގޮތުން ހުޅުވައިދެއްވައިފި
21 May 2023
ޚަބަރު
ޗައިނާ އާއި ރާއްޖެއަށް ފައިދާ ހުރި މަޝްރޫއުތައް ހިންގުމަށް އުއްމީދު ކުރައްވާކަމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވެއްޖެ
މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
21 May 2023
ޚަބަރު
ެރައީސް ނަޝީދުގެ ފެކްޝަނުން ޕާޓީހެދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފި
ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ތެރެއިން 12 މެމްބަރުން އެމްޑީޕީންވަކިވެވަޑައިިގެންފައި ވާއިރު އަދި އެއްމެމްބަރަކު ޕާޓިން ވަކިވެފައިވާ ކަމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައި ވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. އެހެން ނަމަވެސް ކައިރިި މުސްތަޤުބަލެެއްގައި ރައީސް ނަޝީދުވެސް އެމްޑީޕީން ވަކިވެވަޑައިގެން އައުޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.
21 May 2023
ޚަބަރު
ޖަލު އޮފިސަރުންގެ އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފަރާތްތަކުގެ ދަސްވެނިވުން ބާއްވައިފި
މީގެ އިތުރުން ކޯހުން އެންމެ ރަނގަޅު ވަނަތައް ހާޞިލްކުރި ފަރާތްތަކަށް ވަނީ އިނާމާއި ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލުކޮށްފައެވެ. މިގޮތުން އެންމެ ދުޅަ ހެޔޮ އަންހެން އަދި ފިރިހެން އޮފިސަރުންނަށް ހޮވިފައި ވަނީ، ޕްރިޒަން ޕްރައިވެޓް އަމާނީ އަޙްމަދު އާއި ޕްރިޒަން ޕްރައިވެޓް މުރުތަޟާ އަދްނާންއެވެ. އަދި "ބެސްޓް އޯލް ރައުންޑް" ގެ ލަޤަބް ޙާޞިލްކޮށްފައި ވަނީ ޕްރިޒަން ޕްރައިވެޓް އާދަމް މުޟްހިރްއެވެ.
21 May 2023
ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ވަޒީފާތަކުގެ އިންޓަރވިއުއަށް ގިނަ ބަޔަކު ހާޟިރުވި
20 May 2023
ޚަބަރު
ފިކުރެއްގެ ދިރުމުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް އަފްޝަން ލަޠީފް ހަމަޖައްސައިފި
20 May 2023
ޚަބަރު
އޯލެވެލާއި އޭލެވެލްގައި ކާމިޔާބީތައް ހޯދި ސްކޫލުތަކުގެ ވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައފި
20 May 2023
ޚަބަރު
އާއްމުންގެ ޝަކުވާ ބޮޑުވެ ޅ އަތޮޅު ހޮސްޕިޓަަލްގެެ އަންހެނުންގެ ޑޮކްޓަރު ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކުރި ޑޮކްޓަރަކީ، މިސްރަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އޭނާގެ ސަަބަބުންް އާއްމު އުނދަގުލަކަށްވެގެން ސަސްޕެންޑްކުރިއިރު. ހޮސްޕިޓަލްގައި އެ ޑޮކްޓަރުގެ އަމަލުތައް ހުންނަ ގޮތުން އޮޕަރޭޝަން ތިއޭޓަރަށްވެސް އޭނާއަށް ނުވަދެވޭ ގޮތަށް މީގެ ކުރިން ފިޔަވަޅު އަޅަން ޖެހުނު ކަމުގައި އެހޮސްޕިޓަލުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އާއްމުންގެ ތެރެއަށް ނުކުމެ އާއްމުންގެ ތަކެއްޗާއި މުދަލަށް ގެއްލުންދިނުމާއި، މީހުންނާއި އަރާރުންވެ ޒުވާބު ކުރުން ފަދަ ކަންކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ވަނީ އެޑޮކްޓަރާއި ދެކޮޅަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ. ޅ. އަތޮޅު ހޮސްޕިޓަލްގައި ތިއްބަވަނީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ދެ ޑޮކްޓަރުންނަށް ވާއިރު އޭގެތެރެއިން އެއްޑޮކްޓަރަކުން މިވަގުތު ހުންނެވީ ޗުއްޓީގައެވެ.
20 May 2023
ޚަބަރު
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި އުފައްދާ ޕާޓީގެ ނަމާއި ލޯގޯ އަދި ދިދައަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެއްވުމުން އެމަނިކުފާނު އިސްވެ ހުންނަވައި، އެމްޑިޕީގެ ތެރޭގައި ވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފައެވެ. އެދުވަހުން ފެށިގެންވެސް ރައީސް ނަޝީދު ގެންދެވީ އެމްޑީޕީގައި އެންމެ އިސްކޮށްތިބި ފަރާތްތަކުގެ އިސްތަށިފުޅުގައި، ތަފާތު އެކި ތުހުމަތުތަކާއި އިލްޒާމްތައް އަޅުއްވައި، އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބޭނެ ގޮތެއް ވޭތޯ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެކު މަސައްކަތް ކުރެއްވުމަށް ހުށައަޅުއްވައި، ޤާސިމް އިބްރާހީމްއަށް ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުންތައް އެމަނިކުފާނުވެސް ޤަބޫލުފުޅު ނުކުރެއްވުމުން، އައު ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް ރައީސް ނަޝީދު މިހާރު ވަނީ މަސައްކަތްޕުޅު ފައްޓަވާފައެވެ.
20 May 2023
ޚަބަރު
ދިވެހި ސަރުކާާރުން ޗައިނާގެ ކިބައިން މަޢާފަށް އެދިއްޖެ
ސަރުކާރުން ޗައިނާގެ ކިބައިން މަޢާފަށް އެދުނީ، ދިވެހިރާއްޖެއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް އައު ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ލިޔުމުގެ ކުށަކުން ރިޕަބްލިކް އޮފް ޗައިނާ ލިޔެވިފައި އޮތުމުންނެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެއެވެ. އެއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މައި ބިމާ ވަކިން އޮންނަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ބަޔަކަށްވީނަމަވެސް ޓައިވާނުން އަންނަނީ މިނިވަން ވަކި ދައުލަތަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ.
19 May 2023
ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ މޮރޮކޯއަށް ފުރާވަޑައިގަންނަވައިފި
އިސްލާމިކް މިނިސްޓަރގެ މިދަތުރުފުޅަކީ، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު “އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން” ދެގަމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
19 May 2023
ޚަބަރު
ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރަން ކުންފުންޏަކާ ހަވާލުކޮށްފި
ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގައި، އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ އޭސީ މިސްކިތަކާއި، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕާސް ހޯލަކާއި އިދާރީ އޮފީހަކާއި، ލައިބްރަރީއެއް އަދި 4 ކުލާސްރޫމާއި ދެ ސެމިނަރ ރޫމާއި ޕޭންޓްރީއެއް ހުންނާނެއެވެ.
19 May 2023
ޚަބަރު
ޕްރިންސިޕަލުން މެލޭޝިއާއަށް ކުރި ތަޖުރިބާ ދަތުރު ކާމިޔާބު ކަމާއިއެކު ނިންމާލައިފި
19 May 2023
ޚަބަރު
އެމްޑީޕީން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ: ފައްޔާޒް
ފައްޔާޒު މިހެންވިދާޅުވީ، ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސައި، އެމްޑީޕީއިން މުޅި ރާއްޖެއަށް ކުރާ، ރާއްޖެ ދަތުރުގައި، ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެމްޑީޕީން މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މިއަދު ވަނީ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާފައެވެ. މީގެ އިތުރުން މިއަދު ވަނީ ރަށްރަށުގައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެމްޑީޕީގެ "ރާއްޖެ ދަތުރު"ގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
19 May 2023
ޚަބަރު
ހަތަރުމީހުން އަރައިގެން ސައިކަލް ދުއްވަނިކޮށް ހިފަހައްޓައި ޖޫރިމަނާކޮށްފި
އެނގިފައިވާ ގޮތުގައި މިއަދު މާލޭ މަޖީދީ މަގުގައި އެއްސައިކަލަށް 4 މީހުން އަރައިގެން ދުއްވަނިކޮށް ފެނިގެން އާއްމު ބައެއް ފަރާތްތަކުން ވަނީ ފޮޓޯނަގައި ސޯޝަލްމީޑިއާގައި ޕޯސްޓްކޮށްފައެވެ. އެއްސައިކަލުގައި ދަތުރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އާއިލާއެއްގެ 4 މީހުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަވައްޓެރި އިންޑިއާގައި އެއްސައިކަލަށް 4 މީހުން އެރުމަކީ މަނާކަމެއް ނޫންނަމަވެސް ރާއްޖޭގައި ސައިކަަލަށް އެރެވޭނީ 2 މީހުންކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މިއަދު މަޖީދީމަގުގައި ސައިކަލުގައި ގޮސްފައި ވަނީ ދެމަފިރިއަކާ އޭނާގެ ކުޑަ ދެދަރީންނެވެ.
19 May 2023
ޚަބަރު
އެމްޑީޕީން ވަކިވި މެމްބަރުން މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައި ވާހަކަދެއްކުމުން އެނގުނީ ގޮތެއް ނެތްކަން: ފައްޔާޒް
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީންވަކިވި މެމްބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ވަކިނުކުރާ މައްސަލައިގައި މެމްބަރުން ނުރުހުން ފާޅުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަަވައިގެން، ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފެއްދެވި، ރައީސް ނަޝީދު ވަނީ، އެމްޑީޕީއަށް މަޖިލީހުގައި ލިބޭ ވަގުތުގެ ތެރެއިން އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމުގައި ބައިވެރިވެފައިވާ މަޖިލީހުންގެ މެމްބަރުންނަށްވެސް ވާހަކަދެއްކެވުމަށް ފުރުޞަތު ދެއްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ، އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި، މެމްބަރުން އަމިއްލައަށްވެސް އެވަގުތުގެ ބޭނުން ނުހިފައި ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.