Advertisement

ފޮރިން މިނިސްޓަރ (ނ.ޢ.އ.ވ) އަބުދުﷲ ޝާހިދު --

22 May 2023
ޚަބަރު
ޢަލީ ސުލައިމާން

އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން ޝާހިދަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފި

އިދިކޮޅު ޕާޓީތަަކުން ފޮރިން މިނިސްޓަރ (ނ.ޢ.އ.ވ) އަބުދުﷲ ޝާހިދުގެ މައްޗަށް ހުށައަޅާފަވާ ޢިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިކަން އިޢުލާނުކުރައްވާފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ނައިބު ރައީސާ އީވާ އަބުދުﷲއެވެ. އީވާ ވިދާޅުވީ، ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ބަހުސްކުރަން ފެށުމުގެ ކުރިން، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ  207 ވަނަ މާއްދާގެ (ށ)ވާ ގޮތުގެ މަތިން ފޮނުވަންޖެހޭ ނޯޓިސް 21 މެއިގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެމައްސަލަ އެޖެންޑާ ކުރާ ދުވަހެއް ފަހުން މެމްބަރުންނަށް އަންގަވާނެ ކަމުގައިވެސް އީވާ ވިދާޅުވިއެވެ.

ޝާހިދުގެ އިތުބާރު ނެތްތަކުގެ މައްސަލަ މަޖިލީހަށް ވެއްދީ، ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ސޮއެކުރައްވައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މެމްބަރުންނާއި، ޕީއެންސީގެ މެމްބަރުންނާއި ޖުމްހޫރީޕާޓީގެ އެއް މެމްބަރެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝާހިދު މަޤާމުން ވަކިކުރެއްވުމަށް އިތުބާރުނެތްކަމުގެ މައްސަލައިގައި ސޮއެ ކުރައްވާފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނެވެ. 

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ ޢިތުބާރު ނެތްކަމުގެ މައްސަަލަ އެންމެ ފުރަތަމަ 13 މެމްބަރުން ސޮއެކުރައްވައި، މެއި 15 ވަނަ ދުވަހުގެ މެންދުރު ހުށައެޅުއްވުމަށްފަހު ހަމައެދުވަހުގެ ހަވީރުވުމުގެ ކުރިން އެމައްސަލަ އަނބުރާ ނަގާފައިވެއެވެ. އަދި ދެވަނަ ފަހަރަށް ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ ޢިތުބާރު ނެތްކަމުގެ މައްސަލަމަޖިލީހަށް ހުށައަޅާފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހުގައެވެ.

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ އިތުރުން، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައެވެ. ބައެއް ވަޒީރުންގެ ޢިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުޕާޓީތަކުން މަޖިލީހަށް ހުށައެޅި ނަމަވެސް ޢިތުބާރުނެތްކަމުގެ ވޯޓު ފާސްކުރެވޭނެވަރުގެ ސާފު އަޣުލަބިއްޔަތެއް މަޖިލީހުގައި އިދިކޮޅު ޕާޓީތަކަކަށް ނެތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.