Advertisement

ރައިސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ: މަޖިލީހުގެ އިދާރާ

23 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމަނިކުފާނު ވަކި ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ މަޤާމުން ވަކިކުރުމަށް 50 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ހުށައެޅުމުން އެކަމާއި މެދު ކޯފާ އިސްކުރައްވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވާފައިވާ މެސެޖުގައެވެ. 

ރައީސް ނަޝީދު ވަނީ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، ރައިސް ޞާލިޙްގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒަށްވެސް ބަހުގެ ހަމަލާއެއް ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާގެ މަޤާމުން އީވާ ވަކިކުރުމަށް ބޭނުންވަނީ 43 މެމްބަރުންގެ ވޯޓުކަމަށް ވާއިރު، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 50 މެމްބަރުން ސޮއެކުރައްވާފައިވެއެވެ. 

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ވަކި ނުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދުގެ އެވިދާޅުވުން އެއްވެސް އަސާސެއްގެ މައްޗަށް ބިނާކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި 54 މެމްބަރުން ތިއްބަވާއިރު އެމެމްބަރުންގެ ތެރޭގައި ރައީސް ނަޝިދަށް ތާއީދުކުރައްވައިގެން ތިއްބެވި މެމްބަރުންނެއް ނެތެވެ.

ސިޔާސީ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، ރައީސް ނަޝީދަށްޓަކައި ފިކުރެއްގެ ދިރުމުގައި ހިމެނޭ މެމްބަރުން އެމްޑީޕީން ވަކިވެ، " ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި އެޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އަރުވަން މަސައްކަތް ކުރާއިރު، އެންމެފަހުން އަމިއްލަ ފުޅަށްވެސް ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލައްވާނެއެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެންޑިޑެންސީ ހުށައެޅުން ބަންދުވުމުގެ ކުރިން ރައީސް ނަޝީދު އެމްޑީޕީން އަމިއްލަފުލަށް ވަކިވެވަޑައި ނުގެންނެވި ނަމަވެސް، އެމްޑީޕީން ރައީސް ނަޝީދު މަޤާމުން ވަކި ނުކުރާނެކަމުގައިވެސް އެބޭފުޅުން ވިދާޅުވެއެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވަނީ، އެމްޑީޕީން އެމަނިކުފާނު ވަކިކުރެއްވުމުން އިމޯޝަނަލް ސިޔާސީ ޑްރާމާ ކުޅުއްވައިގެން، އިންތިޚާބުގައި  ވާދަކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމަށްކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދާއި ދެމެދު އުފެދިފައި އޮތް މައްސަލައަކީ ވެރިކަމުގެ މައްސަލަކަމުގައި ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައި ވާއިރު، އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާޢީލްވެސް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ނޫން އެއްޗެއް ބޭނުންފުޅު ނުވާކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.