Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުﷲ --- ފޮޓޯ: މަޖިލިސް

23 May 2023
ޚަބަރު
ޢަލީ ސުލައިމާން

އީވާ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމުން ވަކިކުރަން ހުށައެޅީ، 50 މެމްބަރުންގެ ސޮޔާއިއެކު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ، އީވާ ޢަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށް މަޤާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލަ ވައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު އެކަން ކަށަވަރުކޮށްދީފައެވެ. މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައި ކަމަށާއި، އެ މައްސަލަ ޤާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމުގައި ދަންނަވާކަމަށެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސާ ކަމުގެ މަޤާމުން ވަކިކުރަން ބޭނުން ވަނީ، 43 މެމްބަރުންގެ ވޯޓެވެ. އެހެން ނަމަވެސް އެމައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީވެސް އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރެވޭނެ އަދަދަށް ވުރެވެސް އިތުރު މެމްބަރުންގެ ސޮޔާއެކުގައެވެ. މިގޮތުން މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާއިރު، އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީވެސް 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާގެ މަޤާމުން އީވާ ވަކިކުރާނެ ކަމަކީ ޔަޤީންވާކަމެއް ކަމުގައި ސިޔާސީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބުދުﷲ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް، އެމްޑީޕީން ނިންމީ، އީވާ އެމްޑީޕީން ވަކިވެވަޑައިގެންނެވުމުންނެވެ. އަދި މިހާރު އީވާ މަސައްކަތްކުރައްވަމުން ގެންދަވަނީ އަލަށް އުފައްދަން އުޅޭ ޕާޓީގެ އިސްފަރާތްތަކާއި އެކުގައެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސާގެ މަޤާމުން ވަކިކުރެއްވުމަށް ހުށައެޅުއްވުމާއި އެކު، ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ކޯވެ ބަސްފުޅު ވިދާޅުވެފައެވެ. އަދި ބައެއް އެމްޑީޕީގެ މެމްބަރުންނަށް އިންޒާރުދެއްވާ މޭރުމަކުންވެސް ރައީސް ނަޝިދު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕުގައި ލިޔުއްވާފައި ކަމުގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަތުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައި ދިނުމަށް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފިކުރެއްގެ ދިރުމުން ކުރަމުން ގެންދާއިރު، އަދިވެސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިނުގެން ހުންނެވީ އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ގެއްލިވަޑައިގަންނަވާނެތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.