Advertisement

ސްކޮލަޝިޕް ދަރިވަރުންނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މައުލޫމާތު ދެއްވަނީ --- ފޮޓޯ: ހަޔަރ އެޑިޔުކޭޝަން

23 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހާޞިލްކުރި ދަރިވަރުންނަށް ސްކޮލަރޝިޕާއި ބެހޭ މައުލޫމާތު ދީފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހާޞިލްކުރި ދަރިވަރުން ކިޔަވަން ފުރުމުގެ ކުރިން ދޭންޖެހޭ މައުލޫމާތު ދީފިއެވެ.

މިކަމަށްޓަކައި މިއަދު ވަނީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ ހިންގާ، އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ދަރިވަރުންނަށް ޚާއްޞަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

މިސެޝަންގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ދަރިވަރުން ކިޔެވުން ފުރިހަމަ ކުރުމަށްފަހު އަނބުރާ ގައުމަށް އައިސް ޚިދުމަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މިނިސްޓަރ ވަނީ ކިޔެވުމަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން ކިޔަވައި ނިންމުމަށްފަހު ގައުމަށް އެނބުރިއައިސް ގައުމަށް ޚިދުމަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިނިސްޓަރ ވަނީ ރާއްޖެއިން ބޭރުން ކިޔަވަމުންދާއިރު އަބަދުވެސް ތިމާއަކީ މުސްލިމެއް ކަމަށާއި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް އެދިލައްވާފަ އެވެ.

ޕްރެޒިޑެންޓްސް އެވޯޑް އެންޑް ހައި އެޗީވާސްސްކޮލަޝިޕް ލިޔުން ހަވާލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެކަމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަސްކޮލަރޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކޮލަރޝިޕްތައް ދީފައިވަނީ އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން އޭ.ސްޓަރ ޙާޞިލްކޮށްފައިވާ ނުވަތަ ޝަހާދާ ސާނަވިއްޔާ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ލިބިފައިވާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަންޖެހޭނެ ކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކުރައްވައެވެ.

2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކު ވަނީ ޙާޞިލްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.