Advertisement

ރައްޔިތުންގެ މަޖިީހުގެ ނައިބު ރައީސާ، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބުދުﷲ --

22 May 2023
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން 12 މެމްބަރުންގެ ނަން އުނިކޮށްފިކަން އުފާފާޅުކުރައްވަމުން އީވާ އިޢުލާނުކުރައްވައިފި

އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ނަން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި, އެކަމާއި މެދު އުފާފާޅުކުރައްވައި، މަޖިލީހުގެ ނައިިބު ރައީސާ އިއުލާނުކޮށްފިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންގެ ނަން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަން އިޢުލާނުކުރެއްވީ، އެމެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ އެެވެ. އީވާ ވިދާޅުވީ އެމެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންފިކަން 18 މެއިގައި އަންގަވާފައިވާ ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށި އިރު ރިޔާސަތުގައި އިންނެވީވެސް އީވާއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި، މަޖިލިސް މެމްބަރުން:

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

ގައްދޫ ދާއިރާގެ މެމްބަރ އަހްމަދު ޒާހިރު

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

 މިމެމްބަރުން އެމްޑީޕީން ވަކިވުމާއިއެކު މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތްވެސް އަލުން ވަނީ އިއުލާނުކޮށްފައެވެ. 

އެމްޑީޕީގައި 55 މެމްބަރުން

ޕީޕީއެމްގައި 5 މެމްބަރުން

ޕީއެންސީގައި 3 މެމްބަރުން

އެމްއެންޕީގައި 3 މެމްބަރުން

ޖޭޕީގައި 2 މެމްބަރުން

އެމްޑީއޭގައި 2 މެމްބަރުން ތިއްބަވާނެއެ. މީގެ އިތުރުން އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުން ހިމެނިވަޑައިގަންނަވަނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ތެރޭގައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ އަދަދު 17އަށް ވަނީ އަރާފައެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުން އަލަށް އުފައްދާ ދި ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަންނަވާނެކަމަށް ބެލެވިފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް އެޕާޓީވެ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް އެޕާޓީ ވެގެންދާނެއެވެ.

ދި ޑިމޮކްރެޓްސްގެ ނަމުގައި އަލަށް އުފައްދާ ސިޔާސީ ޕާޓީއަކީ ރައީސް ނަޝީދަށް އަލުން ވެރިކަން ހޯއްދައްވައި ދެއްވުމަށްޓަކައި އުފައްދާ ސިޔާސީ ޕާޓިއެއް ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.