Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނޮޅިވަރަންފަރު ކައުންސިލާއިއެކު ބޭއްވި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

23 May 2023
ޚަބަރު
ޢަލީ ސުލައިމާން

ނޮޅިވަރަންފަރު ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ނައިބު ރައީސާއި ޙިއްޞާކުރައްވައިފި

ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޙިއްޞާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހދ. ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރައްވާފައި ވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި، މިބައްދަލު ކުރެއްވުމުގައި، ނޮޅިވަރަންފަރު ކައުންސިލުން ވަނީ މިސަރުކާރުން އެރަށުގައިވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ނިމިފައިވާ ކަމަށާ އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ކުރިޔަށްގެންދާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތްވެސް މުޅިން ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ނޮޅިވަރަންފަރަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، މަގުހެދުމާއި ނެރު ފުންކުރުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކުރުމާއި، ޞިއްޚީ ޚިދުމަތާއި، ކުޅިވަރުކުޅުމުގެ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ނޮޅިވަރަންފަރަކީ، 3 ރަށަކުން މީހުން ހިޖުރަކޮށްފައިވާ ރަށަކަށް ވުމާއިއެކު ކައުންސިލް އިދާރާގައި އިދާރީ މުވައްޒަފުންގެ ގޮތުގައި 40 ވުރެ ގިނަ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މުސާރައިގެ އޮނިގަނޑުގައި މިހާރުހުރި މައްސަލަތައްވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫއާގުޅޭ ގޮތުން މިހާރު ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަވަހަށް ހައްލެއް ބޭނުންވާ ކަންކަމާއި އެނޫން ކަންތައްތަކާއި ގުޅޭ ގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.