ޚަބަރު
20 May 2023
ޚަބަރު
ފިކުރެއްގެ ދިރުމުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް އަފްޝަން ލަޠީފް ހަމަޖައްސައިފި
20 May 2023
ޚަބަރު
އޯލެވެލާއި އޭލެވެލްގައި ކާމިޔާބީތައް ހޯދި ސްކޫލުތަކުގެ ވެރިންނާއި ނައިބު ރައީސް ބައްދަލުކުރައްވައފި
20 May 2023
ޚަބަރު
އާއްމުންގެ ޝަކުވާ ބޮޑުވެ ޅ އަތޮޅު ހޮސްޕިޓަަލްގެެ އަންހެނުންގެ ޑޮކްޓަރު ސަސްޕެންޑްކޮށްފި
ސަސްޕެންޑް ކުރި ޑޮކްޓަރަކީ، މިސްރަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އޭނާގެ ސަަބަބުންް އާއްމު އުނދަގުލަކަށްވެގެން ސަސްޕެންޑްކުރިއިރު. ހޮސްޕިޓަލްގައި އެ ޑޮކްޓަރުގެ އަމަލުތައް ހުންނަ ގޮތުން އޮޕަރޭޝަން ތިއޭޓަރަށްވެސް އޭނާއަށް ނުވަދެވޭ ގޮތަށް މީގެ ކުރިން ފިޔަވަޅު އަޅަން ޖެހުނު ކަމުގައި އެހޮސްޕިޓަލުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އާއްމުންގެ ތެރެއަށް ނުކުމެ އާއްމުންގެ ތަކެއްޗާއި މުދަލަށް ގެއްލުންދިނުމާއި، މީހުންނާއި އަރާރުންވެ ޒުވާބު ކުރުން ފަދަ ކަންކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ވަނީ އެޑޮކްޓަރާއި ދެކޮޅަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ. ޅ. އަތޮޅު ހޮސްޕިޓަލްގައި ތިއްބަވަނީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ދެ ޑޮކްޓަރުންނަށް ވާއިރު އޭގެތެރެއިން އެއްޑޮކްޓަރަކުން މިވަގުތު ހުންނެވީ ޗުއްޓީގައެވެ.
20 May 2023
ޚަބަރު
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށްޓަކައި އުފައްދާ ޕާޓީގެ ނަމާއި ލޯގޯ އަދި ދިދައަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ނުކުރެއްވުމުން އެމަނިކުފާނު އިސްވެ ހުންނަވައި، އެމްޑިޕީގެ ތެރޭގައި ވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާފައެވެ. އެދުވަހުން ފެށިގެންވެސް ރައީސް ނަޝީދު ގެންދެވީ އެމްޑީޕީގައި އެންމެ އިސްކޮށްތިބި ފަރާތްތަކުގެ އިސްތަށިފުޅުގައި، ތަފާތު އެކި ތުހުމަތުތަކާއި އިލްޒާމްތައް އަޅުއްވައި، އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބޭނެ ގޮތެއް ވޭތޯ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެކު މަސައްކަތް ކުރެއްވުމަށް ހުށައަޅުއްވައި، ޤާސިމް އިބްރާހީމްއަށް ރައީސް ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުންތައް އެމަނިކުފާނުވެސް ޤަބޫލުފުޅު ނުކުރެއްވުމުން، އައު ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ރިޔާސީ އިންތިޚާބަށް ނުކުންނެވުމަށް ރައީސް ނަޝީދު މިހާރު ވަނީ މަސައްކަތްޕުޅު ފައްޓަވާފައެވެ.
20 May 2023
ޚަބަރު
ދިވެހި ސަރުކާާރުން ޗައިނާގެ ކިބައިން މަޢާފަށް އެދިއްޖެ
ސަރުކާރުން ޗައިނާގެ ކިބައިން މަޢާފަށް އެދުނީ، ދިވެހިރާއްޖެއިން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް އައު ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ލިޔުމުގެ ކުށަކުން ރިޕަބްލިކް އޮފް ޗައިނާ ލިޔެވިފައި އޮތުމުންނެވެ. ރިޕަބްލިކް އޮފް ޗައިނާއަކީ ޓައިވާނެއެވެ. އެއީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ މައި ބިމާ ވަކިން އޮންނަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ބަޔަކަށްވީނަމަވެސް ޓައިވާނުން އަންނަނީ މިނިވަން ވަކި ދައުލަތަކަށް ވުމަށް މަސައްކަތް ކުރަމުންނެވެ.
19 May 2023
ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ މޮރޮކޯއަށް ފުރާވަޑައިގަންނަވައިފި
އިސްލާމިކް މިނިސްޓަރގެ މިދަތުރުފުޅަކީ، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު “އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން” ދެގަމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއްކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
19 May 2023
ޚަބަރު
ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރަން ކުންފުންޏަކާ ހަވާލުކޮށްފި
ދިއްދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގައި، އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ އޭސީ މިސްކިތަކާއި، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕާސް ހޯލަކާއި އިދާރީ އޮފީހަކާއި، ލައިބްރަރީއެއް އަދި 4 ކުލާސްރޫމާއި ދެ ސެމިނަރ ރޫމާއި ޕޭންޓްރީއެއް ހުންނާނެއެވެ.
19 May 2023
ޚަބަރު
ޕްރިންސިޕަލުން މެލޭޝިއާއަށް ކުރި ތަޖުރިބާ ދަތުރު ކާމިޔާބު ކަމާއިއެކު ނިންމާލައިފި
19 May 2023
ޚަބަރު
އެމްޑީޕީން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ: ފައްޔާޒް
ފައްޔާޒު މިހެންވިދާޅުވީ، ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސައި، އެމްޑީޕީއިން މުޅި ރާއްޖެއަށް ކުރާ، ރާއްޖެ ދަތުރުގައި، ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެމްޑީޕީން މިހާރު އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މިއަދު ވަނީ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް ބާއްވާފައެވެ. މީގެ އިތުރުން މިއަދު ވަނީ ރަށްރަށުގައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެމްޑީޕީގެ "ރާއްޖެ ދަތުރު"ގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
19 May 2023
ޚަބަރު
ހަތަރުމީހުން އަރައިގެން ސައިކަލް ދުއްވަނިކޮށް ހިފަހައްޓައި ޖޫރިމަނާކޮށްފި
އެނގިފައިވާ ގޮތުގައި މިއަދު މާލޭ މަޖީދީ މަގުގައި އެއްސައިކަލަށް 4 މީހުން އަރައިގެން ދުއްވަނިކޮށް ފެނިގެން އާއްމު ބައެއް ފަރާތްތަކުން ވަނީ ފޮޓޯނަގައި ސޯޝަލްމީޑިއާގައި ޕޯސްޓްކޮށްފައެވެ. އެއްސައިކަލުގައި ދަތުރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އާއިލާއެއްގެ 4 މީހުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަވައްޓެރި އިންޑިއާގައި އެއްސައިކަލަށް 4 މީހުން އެރުމަކީ މަނާކަމެއް ނޫންނަމަވެސް ރާއްޖޭގައި ސައިކަަލަށް އެރެވޭނީ 2 މީހުންކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މިއަދު މަޖީދީމަގުގައި ސައިކަލުގައި ގޮސްފައި ވަނީ ދެމަފިރިއަކާ އޭނާގެ ކުޑަ ދެދަރީންނެވެ.
19 May 2023
ޚަބަރު
އެމްޑީޕީން ވަކިވި މެމްބަރުން މަޖިލީހުގައި އެމްޑީޕީއަށް ލިބޭ ވަގުތުގައި ވާހަކަދެއްކުމުން އެނގުނީ ގޮތެއް ނެތްކަން: ފައްޔާޒް
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީންވަކިވި މެމްބަރުން މަޖިލީހުގެ އެމްޑީޕީގެ ދަފްތަރުން ވަކިނުކުރާ މައްސަލައިގައި މެމްބަރުން ނުރުހުން ފާޅުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަަވައިގެން، ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުފެއްދެވި، ރައީސް ނަޝީދު ވަނީ، އެމްޑީޕީއަށް މަޖިލީހުގައި ލިބޭ ވަގުތުގެ ތެރެއިން އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމުގައި ބައިވެރިވެފައިވާ މަޖިލީހުންގެ މެމްބަރުންނަށްވެސް ވާހަކަދެއްކެވުމަށް ފުރުޞަތު ދެއްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފައްޔާޒު ވިދާޅުވީ، އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި، މެމްބަރުން އަމިއްލައަށްވެސް އެވަގުތުގެ ބޭނުން ނުހިފައި ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
18 May 2023
ޚަބަރު
ނިއުޒިލެންޑްގެ ހޮސްޓެލްއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
އަންގާރަ ދުވަހުގެ ފަތިހު ނިއުޓައުންގެ އަވަށުގައި ހުންނަ ލޯފަރސް ލޮޖްގެ މަތީ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެހޮސްޓެލްގައި ދިރިއުޅުނު 6 މީހަކު ވަނީ މަރުވެފައެވެ. ހަތަރު ފަންގިފިލާ ހުންނަ، އެ ހޮސްޓެލްގައި 92 ކޮޓަރި ހުންނައިރު އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
18 May 2023
ޚަބަރު
ކުޑަކުދިންގެ ދުވަހާއި އާއިލާތަކުގެ ދުވަސް ފާހަގަކުރުމަށް މޫވީ ނައިޓް ހަރަކާތެއް ހިންގައިފި
މިހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ޖެންޑާ މިނިސްޓްރީއާ އާބަންކޯ ގުޅިގެން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.  މިރޭ ސެންޓްރަލް ޕާކުގައި ދައްކާފައި ވަނީ، ކުޑަކުދިންގެ ކާޓޫނު ފިލްމު "ލައިލް. ލައިލް.ދި ކްރޮކޮޑައިލް އަންދަރ ދަ ސްޓަރސް" އެވެ. މިރޭގެ ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ. އާބަންކޯ އާއި ޖެންޑަރ މިނިސްޓްރީން ބުނީ މި ހަރަކާތަށް އެކަށީގެންވާ ތަރުޙީބެއް ލިބުނު ކަމަށެވެ.
18 May 2023
ޚަބަރު
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބޮޑު ގުރޫޕެއް ހައްޔަރުކޮށްފި
މި މީހުން ހައްޔަރުކޮށްފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށްގެން ކަމުގައި ފުލުހުން ވަނީ ބުނެފައެއެވެ. ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ބަނގުލަދޭޝްގެ 8 ފިރިހެނުންނާއި، ބަނގުލަދޭޝްގެ އަންހެނަކާއި، ތައިލެންޑްގެ ހަތަރު އަންހެނުން ކަމަށެވެ. ފުލުހުން ބުނީ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
18 May 2023
ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ އެމްޑީޕީގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަނީ
އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ، އެމްޑީޕީން މިމަހުގެ 18 އިން 20އަށް ހުރިހާ ދާއިރާއަކަށް ކުރާ ދަތުރުަގައި މާލެއިން އަތޮޅުތަކަށްވެސް 400 އަށްވުރެ ގިނަ މެމްބަރުން ދަތުރު ކުރާނެ ކަމަށެވެ. އަދި ރަށްރަށުންވެސް 600އެއްހައި މެމްބަރުން މިހަރަކާތްތަކުގައި ބައިވެރިވާނެ ކަމުގައި އިބްރާހިމް ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، މިދަތުރުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ދިދައެއް ނެގުމުގެ ހަރަކާތެއް ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން އެމްޑީޕީއަށް މެމްބަރު އިތުރު ކުރުމުގެ ހަރަކާތްތަކާއި، ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތްތަކެއްވެސް އަތޮޅުތެރޭގައި ކުރިޔަށްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
18 May 2023
ޚަބަރު
ފިލިތެޔޮ ކައިރިއަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ
ފުލުހުންގެ އިދާރާއިން ބުނީ އެމަސްތުވާތަކެތި ފެނިފައި ވަނީ، ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެސަރަހައްދު ބެލުމަށް ހިންގި އޮަޕަރޭޝަނެއްގައި ކަމަށެވެ. ފެނުނު މިމަސްތުވާތަކެތީގެ އަދަދެއް, އަދި ފެނިފައިވަނީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއްވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ ކުރިންވެސް ވ އަތޮޅުގެ ފަޅަކަށް ފައްތާފައި ހުއްޓައި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ.