Advertisement

ފާދިއްޕޮޅު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް ---

20 May 2023
ޚަބަރު
ޢަލީ ސުލައިމާން

އާއްމުންގެ ޝަކުވާ ބޮޑުވެ ޅ އަތޮޅު ހޮސްޕިޓަަލްގެެ އަންހެނުންގެ ޑޮކްޓަރު ސަސްޕެންޑްކޮށްފި

ފާދިއްޕޮޅު ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރު މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑްކޮށްފިއެވެ.

ސަސްޕެންޑް ކުރި ޑޮކްޓަރަކީ، މިސްރަށް ނިސްބަތްވާ ޑޮކްޓަރެކެވެ. އޭނާގެ ސަަބަބުންް އާއްމު އުނދަގުލަކަށްވެގެން ސަސްޕެންޑްކުރިއިރު. ހޮސްޕިޓަލްގައި އެ ޑޮކްޓަރުގެ އަމަލުތައް ހުންނަ ގޮތުން އޮޕަރޭޝަން ތިއޭޓަރަށްވެސް އޭނާއަށް ނުވަދެވޭ ގޮތަށް މީގެ ކުރިން ފިޔަވަޅު އަޅަން ޖެހުނު ކަމުގައި އެހޮސްޕިޓަލުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އާއްމުންގެ ތެރެއަށް ނުކުމެ އާއްމުންގެ ތަކެއްޗާއި މުދަލަށް ގެއްލުންދިނުމާއި، މީހުންނާއި އަރާރުންވެ ޒުވާބު ކުރުން ފަދަ ކަންކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ވަނީ އެޑޮކްޓަރާއި ދެކޮޅަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ތިއްބަވަނީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ދެ ޑޮކްޓަރުންނަށް ވާއިރު އޭގެތެރެއިން އެއްޑޮކްޓަރަކުން މިވަގުތު ހުންނެވީ ޗުއްޓީގައެވެ. 

ސަސްޕެންޑް ކުރި އެޑޮކްޓަރުގެ ޢަމަލުތައް ހުންނަ ގޮތުން އޭނާގެ ކިބައިގައި ނަފްސާނީ މައްސަލަތަކެއް ހުރިކަމަށްވެސް އާއްމުން ތުހުމަތު ކުރެއެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.